ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ. މުޙައްމަދު އިޔާޒު، އަންހެނުން ހިތާނުކުރުމުގެ ނަމުގައި ހިންގާ، "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް) އަށް ހިތްވަރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

މި މައްސަލަ ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްއެވެ.

މީކާއިލް ހުށައެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ އަންހެނުން ހިތާނުކުރުން ފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. އަދި އެއީ ދިވެހިރާއްޖޭގައި އަންހެނުން ނުރަކަލަށް ހުށަހެޅި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސް އެޅޭނޭ ކަމެއް ކަމަށެވެ.

އެކަން ފާހަގަކުރައްވާ މީކާއިލް ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ މެދުވެރިކޮށް، މި މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފައެވެ.

ރާއްޖޭގައި އަންހެނުން ހިތާނު ކުރުމުގެ ސަގާފަތް އަނެއްކާވެސް އާލާވަމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވަނީ ބުނެފައެވެ. އަދި މިކަމާ ގުޅޭގޮތުން ލަފާއަކަށް އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީއަށް ސިޓީ އެއް ފޮނުވިއިރު އެ ސިޓީ ވަނީ ބާތިލްކޮށްފައެވެ.

އަންހެން ކުދިން ހިތާނު ކުރުމުގެ ކަންކަމަކީ ރާއްޖޭގައި 1900 ގެ އަހަރުތަކުގައި އޮތް ސަގާފަތެކެވެ. އެހެންނަމަވެސް 1970 ގެ އަހަރުތަކުގައި އެކަން ވަނީ ރާއްޖޭގައި ހުއްޓާލާފައެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.