12 އޭޕްރީލް 2021 - ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ވިޔާފަރިކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ނިކުމެ -- ޖަޒީރާ ފޮޓޯ: މުހައްމަދު އަފްރާހް

ކޮވިޑްގެ އަސަރުކޮށްފައިވާ ވިޔަފާރިތަކަށް ހާއްސަ ދެ ލޯނު ސްކީމެއް ތައާރަފްކޮށްފި އެވެ.

ސަރުކާރުން ބުނިގޮތުގައި މި ދެ ލޯން ސްކީމަކީވެސް ނޭޝަނަލް ރިޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގެ މަސައްކަތަކުގެ ތެރެއިން، ތައާރަފްކުރި ދެ ލޯނެކެވެ. އެގޮތުން މި ލޯން ސްކީމްގެ ދަށުން ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯން - އެއްވެސް ރަހުނަކާ ނުލައި، ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލިބޭނެކަމަށް ސަރުކާރުން ބުންޏެވެ.

ލޯނުގެ ގޮތުގައި 10 މިލިއަން ރުފިޔާ މި ލޯންް ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ސަރުކާރުން ބުނިގޮތުގައި ފިނޭންސް މިނިސްޓްރީން އަލަށް ތައާރަފުކުރި އިކޮނޮމިކް ސްޓިމިއުލަސް ލޯނަކީ ހުރިހާ ގޮތަކުންވެސް ލުއި ލޯނެއްކަމަށެވެ.

އަލަށް ތައާރަފްކުރި ދެ ލޯން ސްކީމްގެ ތެރެއިން ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށށްދިނުމަށް ތައާރަފްކުރި ލޯނެކެވެ. އަދި ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނުގެ ޕެކޭޖްތަކުން ގެއްލުން ވަމުންދިޔަ ވިޔަފާރިތަކަށް އައު ދިރުމެއް އަންނާނެކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

ސަރުކާރުން ބުނިގޮތުގައި މިއީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން ތައާރަފުކުރާ ދެ ލޯން ސްކީމެއްކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.