12 އޭޕްރީލް 2021 - ވިޔަފާރިކުރުމަށް މާލޭގެ ފިހާރައަކަށް މީހަކު ވަންނަނީ -- ޖަޒީރާ ފޮޓޯ: މުހައްމަދު އަފްރާހް

ކޮވިޑްގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފަރިތަކަށް ލިބިފައިވާ ބޮޑު ގެއްލުމުން އަރައިގަތުމަށް އިތުރު ސްޓިމިއުލަސް ޕެކޭޖްތަކެއް ސަރުކާރުން އިއުލާންކުރުމަށް ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވިގޮތުގައި މިއަދުގެ 2:00 ގެ ހަބަރުގައި އައު ޕެކޭޖްތައް އިއުލާންކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އެ ޕެކޭޖްތަކުގެ މައިގަނޑު އަމާޒަކީ ކޮވިޑްގެ އަސަރުކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދިނުންކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ އިކޮނޮމިކް ސްޓިމިޔުލަސް ލޯނަށް ހުށަހެޅުމުގެ ފުރުސަތު މިހަރު ވަނީ ހުޅުވާލައިފަ އެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން މިދިޔަ މޭ މަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވި ޕްރެސް ކޮންފަރެންސްގައި ވަނީ މިނިސްޓްރީ އޮފް ފައިނޭންސް މެދުވެރިކޮށް ބީއެމްއެލްއާއި ގުޅިގެން ކޮވިޑް ރިލީފް ލޯނުތައް ދޫކުރާނެ ކަމަށް ވިދާޅުވެފައެވެ.

ވިޔަފާރިތަކަށް ހުޅުވާލާފައިވާ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާ އާ ހަމަޔަށް ފައިނޭންސަށް އެދިހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ހާމަކޮށްފައިވާއިރު، މިއީ %6 ކުޑަ އިންޓަރެސްޓެއްގައި ދޫކުރެވޭ ލޯނެކެވެ.

ކޮވިޑް-19 އކޮނޮމިކް ސްޓިމުލަސް ލޯނަށް އެދި ފޯމު ހުށައެޅުން މިަމހުގެ 20 ވަނަ ދުހުވަހުން ފެށިގެން ހުޅުވާލެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް މިދިޔައަހަރުވެސް ކޮވިޑް ރިލީފް ލޯނު ސަރުކާރުން ދޫކޮށްފައިވާއިރު، 3،000 މުވައްޒަފުންނަށް ވުރެ މަދުން މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ހުރިހާ ވިޔަފާރިއަކަށްވެސް މިދިޔަ އަހަރު ވަނީ ލޯނު ދޫކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *