241 ކޮމެޓީގެ ނޫސްވެރިންގެ ބައްދަލުވުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ (241 ކޮމެޓީ) އިން ކުރިއަށްގެންދާ ސެކިއުރިޓީ ފެއިލްގޮތުގެ އިންކުއަރީއަށް އެމަނިކުފާނަށް ފަރުވާދިން އޭޑީކޭ ހޮސްޕިޓަަލުގެ ޑޮކްޓަރުންނާއި ބައްދަލުކުރުމަށް އެ ކޮމެޓީން ނިންމައިފި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ހިންގަމުންދާ ޕާލިމަންޓަރީ އިންކުއަރީއާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެ ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމާ ބައްދަލުކުރަން ނިންމީ ތަހްގީގު ރިޕޯޓަށް ބޭނުންވާ މައުލޫމާތު ހޯދުމަށެވެ. އެކަމު އެ ޓީމް ކޮމެޓީއަށް ހާޒިރުކުރަނީ އެއްވެސް ކަމެއްގައި ތުހްމަތެއް ކުރެވިގެން ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.

ކޮމެޓީގެ ރިޕޯޓްގައި ކަން ހިނގާދިޔަ ގޮތުގެ ތަފްސީލްގައި އަޅުގަނޑުމެން ބޭނުންވީ ނޫސްތަކުން ލިބުނު މައުލޫމާތައްވުރެ ބޮޑަށް ސްޕެސިފިކްކޮށް، ހަމަލާއަށްފަހު ރައީސް ނަޝީދަށް ފަރުވާ ދެއްވި ޑޮކްޓަރުންނާއި ހޮސްޕިޓަލްގެ ފަރާތުން މައުލޫމާތު. އެހެންވެ އެ ފަރާތްތަކަށް ދެންނެވީ. އެއީ އިންކްއަރީގެ ކަމެއް ތުހްމަތު ވެގެން ނޫން. އަދި ގޯހުން ކަމެއް ގޮސްގެނެއްވެސް ނޫން.

އަސްލަމް ވަނީ އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަށް މި ނޫސްވެރިންވެރިންގެ ބައްދަލުވުގައިވެސް ތައުރީފުކުރައްވާފަ އެވެ.

އޭގެ އިތުރުން ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހްގީގު ހިނގާ ނުހިނގާގޮތް ބެއްލެވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވާފައިވާ ހާއްސަ މަންދޫބު އައްބާސް ފާއިޒް އާ ވެސް އެ ކޮމެޓީން ބައްދަލު ކުުރުމަށް ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤާއި ކޯޓު މަރުޙަލާތައް ގާތުން ބެއްލެވުމަށް ޚާއްޞަ މަންދޫބެއްގެ ގޮތުން ރައީސް އައްޔަނުކުރެއްވި މިސްޓަރ އައްބާސް ފާއިޒް އަކީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ.

މަޖިލީހުން ހިނގާ މި ތަހްގީގުގައި މިހާތަނަށް 49 މީހަކާ ވަނީ ބައްދަލުކޮށްފައި އެވެ. އޭގެ ތެރޭގައި އެމްއެެންޑީއެފްގެ 32 އޮފިސަރަކާއި ފުލުހުންގެ ފަސް އޮފިސަރަކު ހިމެނެ އެވެ. އޭގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ގަވަރު އަލީ ހާޝިމް އާ އެ ކޮމެޓީން ބައްދަލުކޮށްފައިވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.