ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި އޯޕަން އެކްސަސް ނެޓްވޯކް މެދުވެރިކޮށް ހިދުމަތް ދިނުމަށް ފެށުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މީޑިއާނެޓާއެކު ސޮއިކޮށްފިއެވެ. އެޗްޑީސީއިން ފާހަގަ ކުރި ގޮތުގައި އޯޕަން އެކްސަސް ނެޓްވޯކަކީ ސްމާޓް ސިޓީއެއް ގާއިމް ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބިންގާ ކަމަށެވެ.

މީޑިއާނެޓާއެކު އެޗްޑީސީއިން މިއަދު އެއްބަސްވި އެގްރިމެންޓްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ސާވިސް ޕްރޮވައިޑަރުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ ނެޓްވޯކުގެ ޒަރިއްޔާއިން މީޑިއާނެޓް ހިދުމަތް ދޭނެ އެވެ. 

އެޗްޑީސީއިން ބުނި ގޮތުގައި، ތަރައްގީއަށް މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުން އެޗްޑީސީގެ އަމާޒަކީ އިންފްރާސްޓްރަކްޗާ ގާއިމުކޮށްދީ، ވާދަވެރިކަން އިތުރުކޮށް ހިދުމަތްތަކުގެ އަގު ކުޑަކޮށްދިނުމެވެ. ގާއިމް ކުރާ ނެޓްވޯކްގެ ސަބަބުން ހިދުމަތްތައް ދެމުންދާ ފަރާތްތަކާއި އާ ވިޔަފާރިތަކަށް ވެސް ފުރުސަތު ލިބޭނެ ކަމަށެވެ. 

އެކި ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންފްރާސްޓްރަކްޗާ ގާއިމް ކުރުމުގެ ހަރަދު ބޮޑުވުމާއި އެ މަސައްކަތުގެ ބުރަކަން ކަމާއި ނެޓްވޯކްގެ ސަބަބުން ލުއިތައް ލިބޭނެކަން އެޗްޑީސީއިން ފާހަގަ ކުރިއެވެ. 

އެޗްޑީސީއާ ގުޅިގެން މީޑިއާނެޓުން ގުޅިގެން ގާއިމް ކުރާ އޯޕަން އެކްސަސް ނެޓްވޯކަކީ ކާމިޔާބު މޮޑެލެއް ކަމުން އޭގެ ޒަރިއްޔާއިން ރަށްރަށުގައި ވެސް ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް މީޑިއާނެޓުން ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.