މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާ -- ޖަޒީރާ ފޮޓޯ: އަހްމަދު ޝުރާއު

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެއްވެސް އުސޫލަކާއި ހިލާފުވެފައި ނުވާނެ ކަމަށާއި، އެފަދަ ވާހަކަތައް ފަތުރަމުންގެންދަނީ ޓްރާންސްޕޯޓް އެތޯރިޓީ އާާއި ގުޅޭކަންކަމުގައި ހާމަކަން އިތުރުކޮށް ހިޔާނާތުގެ ދޮރުތައް ބަންދުކުރުމަށްކުރާ މަސައްކަތް ހުއްޓުވުމުގެ ގޮތުންކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ޤައުމުން ބޭރަށް ކުރެއްވި ދަތުރުފުޅަކަށްފަހު އެނބުރި ވަޑައިގެން އެޗްޕީއެގެ އުސޫލާއި ހިލާފަށް ބޭރުގައި އުޅުއްވުމުގެ ސަބަބުން މިނިސްޓަރ ނަހުލާ ޖޫރިމަނާކޮށްފައިވާކަމުގެ އަޑުތަކެއް ވަނީ ފަތުރާފަ އެވެ.

އެ ވާހަކަތަކާއި ގުޅޭގޮތުން "ޖަޒީރާ" އާއި ވާހަކަދައްކަވަމުން މިނިސްޓަރ ނަހުުލާ ވިދާޅުވީ އެޗްޕީއެގެ އުސޫލާއި ހިލާފުވެގެން ޖޫރިމަނާކުރިކަމަށް ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. މިނިސްޓަރ ސިފަކުރެއްވިގޮތުގައި އެފަދަ ވާހަކަތައް ފަތުރަމުންގެންދަނީ ބަދުނާމުކުރުމުގެ ގޮތުންނެވެ.

މިނިސްޓަރ ވިދާޅުވީ އެޗްޕީއެގެ އެއްވެސް އުސޫލަކާއި ހިލާފުވެވަޑައިގެންފަ ނުވާނެކަމަށެވެ. ފަތުރާ ވާހަކަތަކުގައި އަސްލެއް ނެތްކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ކަރަންޓީން އުސޫލާއި ހިލާފަށް ރެސްޓޯރެންޓެއްގައި ހުންނެވިކަމަށް ވާހަކަތައް ފަތުރާއިރު، އެޗްޕީއޭގެ ފިޔަވަޅުތަކާއެކު ރެސްޓޯރެންޓުތައް ހުރީ ބަންދުވެސްކޮށްފަ ކަމަށެވެ.

އެފަދަ ވާހަކަތައް ފަތުރާ ސަބަބާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވިިގޮތުގައި އެ ވާހަކަތައް ފަތުރަނީ މިނިސްޓަރުކަމުގައި ހުންނަވާ ކުރައްވާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުންނެވެ. އެގޮތުން ޓްރާންޕޯޓް އެތޯރިޓީގެ ތެރޭގައި މޫތައްލާފައިއޮތް ބޮޑު ހިޔާނަތުގެ ކަންކަން ހާމަކަމުގެ ތެރެއަށް ގެނެސް، ހިޔާނާތާއި ދެކޮޅަށް ކުރައްވާ މަސައްކަތް ހުއްޓުވުމަށް ބަޔަކު ކުރާކަމެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވަނީ ދެގި ވާހަކަތައް ފަތުރައި، ބަދުނާމު އެޅުވިނަމަވެސް ކުރައްވާ މަސައްކަތް ހުއްޓާ ނުލައްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ބަންދު ކޮށްފަ. އެހެނަސް ވަލު ދޮރާޝިން މީހުން ވައްދައިގެން ހިންގާ ތަންތަން ބައިވަރު. ތިޔަ އޮޅުވާލުމުން ވެސް އެބަ އިނގޭ ދޮގެއް ހަދައިފި ކަން.

ކޮމެންޓް

Your email address will not be published.