މިއަދު މުޅި ގައުމު ސިއްސުވާލީ އެންމެ 13 އަހަރުގެ ކުޑަކުއްޖެއްގެ މަރުގެ ޚަބަރާއި އެކުއެވެ. ހުޅުމާލެއިން ރޭ މެންދަމު އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ، ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭރު 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފުލުހުންނަށް ވަނީ ހުށައަޅާފައެވެ. އެ މައްސަލަ ހުށައެޅީ އާދިއްތަ ދުވަހުއެވެ.
ފުލުހުން ބުނީ އެ ކުއްޖާއާ ބެހޭ މައުލޫމާތު ފުލުހުންނާއި ހިއްސާކުރީ އާންމު ފަރާތަކުން އިއްޔެ ހަވީރުގެ ވަގުތެއްގައިކަމަށެވެ. އެގޮތުން ހުޅުމާލޭ ފޭސް ދޭއްގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމުގެ ރިޕޯޓާއި އެކު އިތުރަށް ބެލި ބެލުމުން، އެ ކުއްޖާގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރު އުތުރު ފަރާތު މޫދު ފަޅުތެރެއިން ފޮއްޓެއްގެ ތެރެއިން ކަމަށެވެ. އެއީ ރޭ މެންދަމު 2:27 ހާއިރެވެ.
މި މައްސަލަ އާއި ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރީ މާލޭގެ ގެސްޓް ހައުސްއެއްގައި ތިއްބައެވެ. ހެންވޭރުގައި ހުންނަ އެކްސްޓްރާ ހެވަން ކިޔާ ގެސްޓް ހައުސްއެއްގައި ފިލާ ތިއްބައެވެ.
ހުޅުމާލެ ފޭސް ދޭއް، ބީޗް ސަރަހައްދު
ރޭ އެމީހުން ހައްޔަރު ކުރެވުނު ވަގުތު އެ ގެސްޓް ހައުސް ހިންގާ ބިދޭސީ، އަސްގަރު ހުސައިން ވެސް ހުއްޓެވެ. އޭނާ ވަނީ 'ޖަޒީރާ' އާއި އެ ވަގުތު ކަން ހިނގާދިޔަ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
އަސްގަރު ކިޔާދިން ގޮތުގައި އެ މީހުން އެ ގެސްޓް ހައުސްގައި ކޮޓަރި ހިފީ އާދީއްތަ ދުވަހުގެ ރޭ 22:15 ހާއިރުއެވެ. އެ މީހުން ތިބީ ގެސްޓް ހައުސްގެ ދެވަނަ ފްލޯރގައި ހުންނަ ރޫމް 202 ގައެވެ. އެއީ ރާއިޝް ގެއްލިގެން ރިޕޯޓު ކުރި ދުވަހުގެ އެއް ދުވަސް ފަހެވެ. އަދި އެ ކޮޓަރި ހިފީވެސް ހައްޔަރު ކުރި މީހެއްގެ ނަން މައްޗަކު އެއް ނޫނެވެ. އަސްގަރު ބުނީ އެ މީހުން އެ ގެސްޓް ހައުސް އަށް އައިއިރު އަތުގައި އެއްވެސް އެއްޗެއް ނެތް ކަމަށެވެ. އަސްގަރު ބުނިގޮތުގައި އަދި ކޮޓަރިއަށް ވަނުމަށްފަހު ބޭރަށް ވެސް ނުކުތް މަންޒަރު އޭނާ އަށް ނުފެންނަ ކަމަށެވެ.
އެމީހުން ރޫމަށް އައި އިރު ނެތް އެންޓި ކަމެއް. އަތުގަވެސް ނެތް އެއްވެސް އެއްޗެއް. ޕޮލިސް ފުރަތަމަ އައިސްސަ އެހީ ކުޑަކުއްޖެއް އެބަ ގެންގުޅޭހޭ. މަ ބުނިން ކުޑަކުއްޖެއް ނެތޭ. ބޮޑެތި މީހުންނޭ ތިބީ. އެ މީހުން ނުވެސް ނުކުމޭ ކޮޓަރިން. ދެން ކޮންމެސް ކުއްޖެއް ކާ އެއްޗެހި ގެނެސްދޭނެ.
އޭނާ ބުނިގޮތުގައި އެތަނަށް ބޭރުން ކާއެއްޗެހި ހިފައިގެން އަންނަނީ ކޮޓަރި ހިފި މީހާއެވެ. އެ މީހާ ގާތު ކޮޓަރީގައި އުޅެނީ ކޮންބައެއްތޯ ސުވާލުކުރުމުން، އެއީ އޭނާގެ ރައްޓެހިން ކަމަށް އޭނާ ބުނި ކަމަށެވެ.

މަރާލާފައި އޮއްވާ ފެނުނު ކުއްޖާ ފޮއްޓަކަށްލާ އެއްލާލާފައި އޮތް ސަރަހައްދު -- ފޮޓޯ: މުހައްމަދު ފަޒީން / ޖަޒީރާ
އަސްގަރު އިތުރަށް ކިޔާދިން ގޮތުގައި އެމީހުން އެއްޗެއް ބޭނުންވުމުން ގުޅަނީ ރިސެޕްޝަނަށެވެ. އަދި އެ އެއްޗެއް ގެންދިއުމުން ކުޑަކުޑަކޮށް ދޮރު ހުޅުވުމަށްފަހު ލާރި ދިއްކޮށްލާ ކަމަށް އޭނާ ބުންޏެވެ.
ދެން އެމީހުން އެއްޗެއް ބޭނުންވީމަ މިތަނަށް ގުޅައިގެން ބުނާނެ ފެން ފުޅިއެއް ގެނެސްދޭށޭ. އެކްސްއެލް ގެނެސްދޭށޭ. ދެން ކުޑަކުޑަކޮށް ދޮރު ހުޅުވާފަ ލާރި ދިއްކުރީމަ އެ ހަވާލުކުރަނީ.
އަސްގަރު ބުނީ އިއްޔެ އިރުއޮއްސުނު ވަގުތު އެމީހުން ހަތިމަކަށް ވެސް އެދުނު ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ކަހަލަ ބައެއް ކަން ނޭނގޭތީ އޭނާ ހަތިމު ހަވާލު ނުކުރާ ކަމަށް ވެސް ބުންޏެވެ.
އިއްޔެ އިރުއޮއްސުނުއިރު އެމީހުން ހަތިމެއް ވެސް ހޯދި. ހަތިމު ހުރީ ތިރީގަ. ދެން ތަނެއް ދޮރެއް ނޭނގޭ މީހަކު ވީމަ ހަތިމު ހަވާލުނުކުރީ. ކޮން ކަހަލަ މީހުން ކަމެއް ނޭނގޭތީ. ހަތިމު ކޮންމެ ކޮންމެ މީހަކަށް ހަމާލެއް ނުކުރެވޭނެއްނު. މަ ބުނީ ހަތިމު ހުރީ ތިރީގައޭ. މަ މިހިރީ މަތީގައޭ.
ފުރަތަމަ ފުލުހުން ސުވާލުކުރީ ކުޑަކުއްޖަކު ގެންގުޅޭތޯ
އަސްގަރު ބުނިގޮތުގައި ފުލުހުން އެންމެ ފުރަތަމަ ވެސް ސުވާލުކުރީ ކޮޓަރީގައި ކުޑަކުއްޖަކު ގެންގުޅެމުންދޭތޯ ކަމަށެވެ. އެހެންނަމަވެސް، ކުޑަކުއްޖަކު ނުފެންނާތީ، އެހެން ޖަވާބު ދިނުމަށްފަހު، އެ ކޮޓަރީގައި އުޅެނީ އުމުރުން 18 އަހަރުވެފައިވާ މީހުން ކަމަށް އޭނާ ބުންޏެވެ.
އެ ކޮޓަރިއަށް ކާ އެއްޗެހި ގެންނަ މީހާ އާއްމުކޮށް އަންނީ ރޭގަނޑު 10 ގެ ފަހުން ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އެރޭ އޭނާ ނާންނަ ކަމަށް ބުންޏެވެ. އެއީ ރޭގަނޑު 8:30 ގެ ފަހުން ފުލުހުން އެ ސަރަހައްދުގައި އުޅޭތީ ކަމަށް އަސްގަރު ޝައްކު ކުރެއެވެ.
ބުކް ކުރީ އެހެން މީހެއް. ކާއެއްޗެހި ގެންނަނީ ވެސް އޭނަ. އޭނަ އަންނާނެ ގާތްގަނޑަކަށް 10 ޖަހާއިރު. ޕޮލިސް އައީ 8:30 ގައި. އޭނަ ފެނިގެން ކަންނޭނގެ ނައީ.
ހައްޔަރު ކުރި ވަގުތު
އަސްގަރު ކިޔާދިން ގޮތުގައި ފުލުހުން ކާޑު ދެއްކުމަށްފަހު އެ ދެ މީހުންގެ ފޮޓޯ ދެއްކުމަށްފަހު ގެސްޓްހައުސްގައި އުޅޭތޯ ސުވާލުކުރިއެވެ. އެމީހުން ކޮޓަރީގައި އުޅޭ ކަމަށް ޖަވާބު ދިނުމުން ކޮޓަރި ދެއްކުމަށް އެދުނު ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް، ޓަކި ޖަހާ ޖަހާ ނުހުޅުވި ކަމަށް އޭނާ ބުންޏެވެ.
ކުޑަކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕީއެސްއެމް
ދޮރު ނުހުޅުވުމުން ފުލުހުން އޭނާ ގާތު އެދުނީ އެ ކޮޓަރީގެ 'ސްޕެއަރ' ތަޅުދަނޑި ދިނުމަށެވެ. އެ ތަޅުދަނޑިން ތަޅު ހުޅުވުން ނަމަވެސް، އެތެރެއިން ހުރީ ތަންޑު އަޅުވާފައެވެ. އެހިސާބުން ފުލުހުން އުޅުނީ އެ ދޮރު ހަލާކުކޮށްލައިގެން ނަމަވެސް، އެ ކޮޓަރިއަށް ވަންނާށެވެ. އެހެންނަމަވެސް އަސްގަރު ބޭނުންވީ އެ ކޮޓަރީގައި ތިބި މީހުންނަށް ހުޅުވައިގެން ދޮރު ހުޅުވޭ ގޮތެއް ހޯދުމަށެވެ. ދޮރު ހަލާކުކޮށްލުމުން އެނާ އަށް ވެސް ގެއްލުން ވާތީ އެ މީހުންނަށް ގުޅައިގެން ވެސް ދޮރު ހުޅުވޭތޯ އޭނާ މަސައްކަތް ކުރިއެވެ.
ދެން އެމީހުން ބުނީ ހުޅުވާ ގޮތެއް ހަދާދޭށޭ. ނެތިއްޔާ ދޮރު ތަޅާލާނަމޭ. ދެން މަ ބުނިން ތަޅާލުމުގެ ކުރިން މަ އޭނައަށް ގުޅަން ޖެހޭނެއެއް ނޫންހޭ. ބުނީމަ ޕޮލިސް ބުނީ ނުގުޅޭނެޔޭ. ބުނީމަ މަ އެހިން ނުގުޅެންވީ ކީއްވެހޭ. ދެން ގުޅީ ވަގުތުން. ދެން މަ ބުނީ ގުޅީމަ ދޮރު ހުޅުވާކަށް ނޫން ހޭ ޖެހޭނީ. ކަސްޓަމަރެއް ވީމަ މަ ގުޅަން ޖެހޭނެއެއް ނޫންހޭ. ދެން މަ އެހީ ޕޮލިސް މީހާ ކައިރީ އެތަން ތަޅާލައިގެން ކަލޭ ޒިންމާ ނަގާނަން ހޭ. ބުނީމަ ބުނީ ނުނަގާނަމޭ.
އަސްގަރު ބުނިގޮތުގައި އެވަގުތު އެތަނުގައި 20 ވަރަކަށް ފުލުހުން ތިއްބެވެ. އަދި 40 މިނެޓު ވަރު ފަހުން ދެން ފެނުނީ ދޮރު ހަލާކުކޮށްލުމަށްޓަކައި ދަނގަޑު ބުރިއެއް ހިފައިގެން އައި މަންޒަރު ކަމަށް އޭނާ ބުންޏެވެ.
20 ވަރަކަށް ޕޮލިހުން ތިބި. އެސްއޯ ޕޮލިހުންނާއި އާދައިގެ ޔުނީފޯމުގައި އާއި ހަތިޔާރާއި އެކު ވެސް ތިބި. ގުޅާ ގުޅާ ގޮސް 40 މިނެޓު ފަހުން އައީ ބޮޑު ދަނގަޑުބުރި އެއް ހިފައިގެން. ދެން މަބުނީ ދޮރު ހަލާކު ނުކުރައްޗޭ. ފުރަތަމަ ތަޅު ހުޅުވައިގެން ތަންޑު މިތާ މަތީގައޭ އިންނާނީ. އެހެންވީމަ މަތީގަ ޖަހައިގެން ތަންޑު ހަލާކުކޮށްލާށޭ. ޖެހީމަ ތަންޑު ބިންދައިގެންދާނޭ. އެކަމަކު އަޅައެއް ނުލާ.
ދޮރުގެ ތިރިން ފެށިގެން ޖަހަމުން ޖަހަމުން ގޮސް ދޮރު ހަލާކު ކުރިއިރު، ދެން ފެނުނީ ދޮރު ކައިރިއަށް އަލަމާރި ޖައްސާފަ ހުރި މަންޒަރު ކަމަށް އޭނާ ބުންޏެވެ. ކޮޓަރި ތެރޭގެ މަންޒަރު އެހާ ސާފުކޮށް ނުފެނުނު ނަމަވެސް ފުލުހުން ވަދެ، ޕެޕަރ ސްޕްރޭ ޖެހި ކަމަށް އޭނާ ބުންޏެވެ.
އެމީހުން ހުރީ އަލަމާރި ދޮރުގަ ޖައްސާފަ. ހަތަރު މީހުން ކޮށްޕާށޭ. ދެން ވަދެގެން ޕެޕަރ ސްޕްރޭޖެހީ. ކުޑަކޮށް ދޮރު ހުޅުވީފަ ފެނުނު ދެ މީހުން ބިޑި އެޅުވި ތަން.
އެކަކު ހައްޔަރު ކޮށްގެން ގެންދިޔައީ ރޭ މެންދަމު 1:30 ގައެވެ. އަނެކަކު ގެންދިޔައީ 2:15 ގައެވެ.
ކުޑަކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕީއެސްއެމް
ކޮންމެއަކަސް މި މަރާއި އެކު އެތައް ސުވާލުތަކެއް އުފެދެއެވެ. އެކަމުގެ މައުލޫމާތު ފުލުހުންނަށް ކުޑަނަމަވެސް މިންވަރަކަށް ލިބިފައިނުވަނީތޯއެވެ. މި ކުޑަކުޑަ މާލޭގައި ކުޑަކުއްޖަކު ގެއްލިގެން ހޯދިއިރު އެ ކުއްޖާ ހޯދުމަށް އެންމެ ފުރިހަމައަށް މަސައްކަތް ކުރެވިފައި ނުވަނީތޯއެވެ. މުޖުތަމައުއިން ކުޑަކުންދިންނަށް ދޭން ޖެހޭ ރައްކާތެރިކަމާއި އަޅާލުން ނުދެވެނީތޯއެވެ. މިއީ ހައްތަހާ ވެސް އުފެދޭ ސުވާލުތަކެވެ. މި މަރުގެ ތަހުގީގު ނިމިގެން އަންނައިރު އެ ކުޑަކުއްޖާއަށް އިންސާފު ލިބި މިފަދަ ހުރިހާ ސުވާލެއްގެ ޖަވާބެއް ހާމަވާން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ބޭޜުމީހުން ގެސްޓުހައުސް ހިންގާ ވަގުންނަށް ޖާގަދެނީ. މިކަން ނުބެލޭތަ
އަސްގަރުގެ ތިޔަ ގެސްޓުހައުސް އަކީ ގަވައިދާ އެއްގޮތަށް ހުއްދަ ހޯދައިގެން ހިންގާ ތަނެއްތޯވެސް ބަލަންޖެހޭ
އެއީ ދވެއްސަކާ އނދެގެން އުޅޭ ބިދޭސީއެއް.
މިފަދަ ކޮންމެ ކަމެއްގެ ފަހަތުގަވެސް އޮންނަނީ އިހުމާލު. މައިން ބަފައިންނާއި ބަލަދުވެރިން އެމީހުންގެ ޒިންމާ ފުރިހަމައަށް ނަގައި، އެމީހުންނާ ހަވާލުވެފައިވާ އަމާނާތަށް ރައްކާތެރި ވެވޭނެނަމަ، މިފަދަ ކަންކަމެއް ނުހިނގާނެ. ކަމެއްވީމަ ޕޮލިހުންނާއި ސަރުކާރު ގޯސްކޮށްގެން ޒިންމާއިން ރެކެވޭކަށް ނޯންނާނެ.
މި ބިދޭސީން ހާދަ ގަދަވެއްޖެ ދޯ.. ފުލުހުންނަށްވެސް އިންޒާރު ދެނީ ވިއްޔަ
ބިދޭސީން ގެސްޓުހައުސް ހިންގުމަކީ މަނާކަމެއްކަން ފުލުހުންނަށް ބުނެދޭނީ ކާކު! މިއޮތީވާ ޕޮލިސް ސަރވިސްއެއް.
ޢެންމެ ފުރަތަމަ ކުއްޖާ އަށް ރައްކާތެރިކަން ދޭން ޖެހެނީ ކުއްޖާގެ މައިންބަފައިން. މާތްﷲ ދަރިން ދެއްވީ މަިންބަފައިންނަށް. ސަރުކާރަކަށް ނޫުން.
ދައުލަތުގެ ބެލުމުގެ ދަށުގައި 222 ކުދިން... މީ ދެރަވަރު. ... އިހުމާލުވެ .އަނިޔާކުރިފަރާތްތައް.މިނިވަންކަމާއިއެކު
ނުޖެހޭ ލަސްކުރާކައް ދޮރުވައްޓާލާފަވެސް ވަންނަންވީ ފުލުހުން
ދޮރު ހަލާކު ކޮށްނުލެވޭނެއޭ ބުނީމަ ތިބުނާ އަޝްގަރެއް ހައްޔަރު ކޮއްގެން ނުގެންދިޔަކަން ނަސީބެއްނު؟
ކީއްވެތަ ޕޮލިހުން ކުއްވެރި ކުރަނީ ތި ހުރިހާ ނޫސް ތަކުން؟ކުޑަ ކުޑަ މާލެ އޭ ބުނާ އިރު ކުޑަ ކުޑަ މާލޭ ގަ ކިތައް މީހުން އުޅޭކަން އިނގޭތަ؟މާލެ ތޮއް ޖެއްސި މީހުން ޒިންމާ ނަގަން ޖެހޭނެ.ތި ލިޔުމުން ޕެޕަރ ސްޕްރޭ ޖެހި ވާހަކަ ބުނެފަ ތިއޮތީ ޕޮލިހުން ކުއްވެރި ކުރަންތަ؟ދޮރު ވައްޓާލި ވާހަކަ ވެސް ބުނެފަ ތިއޮތީ ޕޮލިހުން އަނިޔާވެރި އޭ ކިޔުންތެރިން ނައްް ވިސްނަ ދޭންްްތަ؟
ކޮން އަސްގަރެއް ފެންކަރެއް ކިޔާކަށް. ބޮލާ ނުކުޅަދާނަ ތިޔަ ގެސްޓު ހައުސްއަކާ ހެދި ހިސާބުގަނޑު މީހުންނަށްވެސް. ގަވާއިދާ ޚިލާފު ނުބައި ހުރިހާ ކަމެއް ކުރާ ތަނެއް
ކޮބާ އެ ކޮޓަރި ހިފި މީހާ؟ ކޮޓަރި ހިފައިދީ، ކާއެއްޗިހި ގެންގޮސްދީ ހެދި މީހަކު ގުޅުމެއް ނެތި ނުދާނެ
ﷲ އަށް ބިރުވެތިކަން ނެތީ. މިޤައުމު ގެތައުލީމީ ނިޒާމު ފެއިލް....ވިޤައުމުގެ ޕޮލިހުން ނަށް އެކުްޖާގެ ފޮޓޯ ގަޑެއްވެސް ނުލިބުނު..... ޝުކްރިއްޔާ .. އިބޫ.
އިންސާފެއްނުލިބޭނެ މިގައުމުގަ.މީ އަލަށްވިކަމެއްތަ؟މިހާރު ހުންނާނީ ގާނޫނީ ވަކީލުންނާ ފަނޑިޔާރުން ބައިއަތު ހިފާފަ.
ކުށްކޮއްގެން ޓެރަރިސްޓަކައްވީމަ ނޫނި ކުއްވެރިއަކައްވީމަ ހަތިމެއްހޯދަން ބުނުން ނަމާދު ކުރަން ބުނީމާ އެވާހަކަ މީޑީއާ ގައި ފުލުހުން އެ ދައްކަނީ އެއީ ކޮންބޭނުމަކުތޯ ބަލަން އެބަޖެހޭ. އެއީތޯ އެކަން އޮންނަގޮތަކީ ބާއޭ ހިތައްއަރާ. އެކަމުގައި އެމީހުންގެ ކުށެއް ނެއކަންދައްކަން ދައްކަން ކުރާކަމެއް ނޫންތޯއެއީ. މިގައުމަގައި ހިންގާ ހުރިހާޖަރީމާހިންގަނީ އެބައެއްގެ އެހީތެރިކަންލިބިގެން ކަމައްވެސް ވެދާނެ.......