ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ކޮވިޑް ޖެހިގެން ނިޔާވީ ހައިކޯޓުގެ ތަރުޖަމާނު އަމީން ފައިސަލްގެ ގާތްތިމާގެ މީހެކެވެ. އޭނާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިރޭ 10:30 ހާއިރެވެ.
އަޅުގަނޑުގެ ހުރި ހަމަ އެކަނި ދައްތަގެ ފިރިމީހާ ނުވަތަ އަޅުގަނޑުގެ ޅިޔަނުގެ ބޭބެ، ކޮވިޑާ ދެކޮޅަށް ކުރި ހަނގުރާމަ ކާމިޔާބު ނުވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ދާދި ދެންމެ އަކު ނިޔާވެއްޖެ. 😞
— Ameen Faisal (@Ameenfaisall) June 22, 2021
މިއީ ކޮވިޑް ބަލީގައި ރާއްޖޭގައި ނިޔާވި 208 ވަނަ މީހާއެވެ.
ނަމަވެސް އޭނާ ނިޔާވީ ކޮވިޑް ޖެހިގެން ކަން އެޗްޕީއޭއިން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ކޮވިޑް މަރެއް ކަމަށް އިއުލާން ކުރާނީ އެގޮތަށް ކަނޑައަޅާ، ހެލްތް މިނިސްޓަރ ސޮއި ކުރައްވާ ހިސާބުންނެވެ.