ސްޕުޓްނިކް ވެކްސިން -- ފޮޓޯ: ރޮއިޓާސް

ރަޝިޔާ ވެކްސިން، ސްޕަޓްނިކް ރާއްޖެ ގެންނަން އަދި އެގްރީމަންޓްގައި ސޮއި ކޮށްފައި ނުވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ސްޕަޓްނިކް ވެކްސިން ގަތުމަށް އެންމެ ފުރަތަމަ ކުރި މަޝްވަރާތަކަށްފަހު އިނީޝިއަލް އެގްރީމަންޓެއްގައި ސޮއި ކޮށްފައިވާ ކަމަށެވެ. އަދި ވެކްސިން ގަތުމުގެ އިތުރު މަސައްކަތް ކުރަމުން ދާއިރު، އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންކަން އަދި ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވެފައިވާއިރު، ސްޕަޓްނިކް ވެކްސިން ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އޯޑަރު ކުރުމުގެ ކަންކަން ހެލްތު މިނިސްޓްރީން ކުރަމުން ދާ ކަމަށް މޭ 25 ގައި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވީ ސްޕުޓްނިކް ވެކްސިން ގެނައުމަށް އެގްރީމަންޓެއް ލިބިފައި ވާ ކަމަށެވެ. އަދި އެޓާނީ ޖެނެރަލްގެ އޮފީހުން އެ އެގްރީމަންޓް ދިރާސާ ކޮށް، ކޮމެންޓްތަކެއް ލިޔުމަށްފަހު ފޮރިން މިނިސްޓްރީ މެދުވެރިކޮށް ފޮނުވާފައި ވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަސީމް ވިދާޅުވީ ސްޕުޓްނިކް ރާއްޖެ ގެންނަން އެގްރީމަންޓްގައި ސޮއި ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށާއި އެ އެގްރީމަންޓްގައި ސޮއި ކުރާތާ 4 ހަފްތާ ތެރޭގައި ވެކްސިން ލިބޭނެ ކަމަށެވެ.

ރަޝިއާއިން ގެންނަން ނިންމާފައި ވަނީ އެ ގައުމުން އުފައްދާފައި ވާ ސްޕުޓްނިކް ވެކްސިންގެ ދެ ލައްކަ ޑޯޒް ވެކްސިނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.