އަންގާރަ ދުވަހު ރާއްޖޭން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 115 މީހަކު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މައުލޫމާތުތަކުން ދައްކައިފި އެވެ.

ވެކްސިނަކީ ކޮވިޑާއި ދެކޮޅަށް އޮތް އެންމެ ވަރުގަދަ ހަތިޔާރެވެ. އަދި ކޮވިޑުން އަރައިގަނެވެން އޮތީ އާބާދީގެ ބޮޑު އިންސައްތައެއް ވެކްސިން ޖެހުމުންނެވެ. ނަމަވެސް އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން ވެކްސިން ޖެހުމަށް ރާއްޖޭގައި އޮތް ތަރުހީބު ވަނީ ކުޑަވެފަ އެވެ. ވަކިން ހާއްސަކޮށް ފުރަތަމަ ޑޯޒް ޖަހާ އަދަދު ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފަ އެވެ.

އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 115 މީހެކެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 74 މީހަކާއި، އަތޮޅުތެރެއިން ޖެހި 41 މީހެކެވެ.

ވެކްސިންގެ ދެވަނަ ޑޯޒް އިއްޔަ ޖެހިފައިވަނީ ޖުމްލަ 839 މީހަކަށެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި ގްރޭޓާ މާލެ ސަރަހައްދުން 247 މީހަކަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާއިރު، އަތަޅުތެރެއިން ޖަހާފައިވަނީ 592 މީހަކަށެވެ. މިހާތަނަށް ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖެހިަފއިވަނީ 184,212 މީހަކަށެވެ.

އެޗްޕީއޭއިން އާންމުކޮށްފާވާ ތަފާސްހިސާބުތަކުން ސައިނޯފާމްގެ ދެވަނަ ޑޯޒް ޖެހުމަށް މުއްދަތު ހަމަވެ ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހު ދެވަނަ ޑޯޒް ނުޖަހާ %70 އިންސައްތަ މީހުން އެބަތިއްބެވެ. އަދި އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން %39 މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައެއްނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.