ދެ މަސްދުވަހުގެ ދިގު މުއްދަތަށްފަހު ޖިމްތައް ހުޅުވައިގެން ހިދުމަތް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަދީފި އެވެ.

ޖިމްތައް ބަންދުކޮށްފައިވަނީ ކޮވިޑްގެ ކޭސްތައް އިތުރުވަމުންދިޔުމާއި ގުޅިގެން އެންމެ ފުރަތަމަ އެޅި ފިޔަވަޅުތަކުގެ ތެރޭގަ އެވެ. ގިނަ ދުވަސްތަކަކަށް ބަންދުގައި ތިބެންޖެހުމުން ވިޔަފާރިވެރިން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ.

ކޭސްތައް ދަށަށްދާން ފެށުމމުން ޖިމްތައް ހުޅުވުމަށް ހުއްދަ ދިންކަމުގައި ވީނަމަވެސް ޖިމްތައްކުގައި ހިދުމަތް ދޭން ފެށުމުގެ ކުރިން ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށް އެޅިގެންދާނެ ފިޔަވަޅުތަކާއި އެކު އެޗްޕީއޭއަށް ހުށައެޅުމަށް ވަނީ އަންގާފައެވެ.

ހުއްދައަށް އެދި އެޗްޕީއޭއަށް މެއިލް ކުރަން ޖެހެނީ އެ އެޖެންސީގެ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ދިނުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު ތައްޔާރުކުރުމަށްފަހު އެވެ. އަދި އުސޫލާވެސް އެކުގަ އެވެ. އެގޮތުން ތަނުގައި މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ގަޑިއާއި، ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާއެކު ޕްލޭނެއް އެކުލަވާލާ އެޗްޕީއޭއަށް ހުށައަޅަންޖެހެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ހަލުވިކާޟާއެކު ފާއިތުވި ދިޔަ މަހުގައި ފެތުރެމުން ދިޔުމަށްފަހު ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މިހުންގެ އަދަދާއި ކޮވިޑް ބަލީގައި އެންދުމަތި ކުރެވެން ޖެހޭ މީހުންގެ އަދަދު ދައްވަމުން އައުމާއެކު ކޮވިޑް-19 ކޮންޓްރޯލުކުރުމަށް އެޅިފައިވާ އެކިއެކި ފިޔަވަޅުތަކަށްވެސް އަންނަނީ ލުއި ދެމުންނެވެ.

އެގޮތުން ކާފިއު ނިމޭ ވަގުތު ހެނދުނު 8:00 އާއި ހަމަޔަށް ހިންގަމުން އައުމަށްފަހު އެވަގުތުވަނީ ފަތިހު 4:00 އަށް ވަނީ އަވަސްކޮށްފައެވެ. އަދި ކާފިއު ފެށޭވަގުތު ހަވިރު 16:00 އަށް ހަމަޖައްސާފައި އޮތުމަށްފަހު މިރޭ މިވަނީ އިރުއޮއްސި 18:00 އަށް ލަސްކޮށްފައެވެ.

މީގެއިތުރުން ސެލޫންތަކާއި ބޯކޮށާތަންތަނުން އެޕޮއިންޓްމެންޓު އުސޫލުން  ހިދުމަތް ދިނުމަށް ހުއްދަދީފައިޥާއިރު މިރޭގެ ޕްރެސްގައި މިވަނީ ޖިމްތައްވެސް ހުޅުވާ ހިދުމަތް ދޭން ފެށުމަށް ހުޅުވާލާފައެވެ. ހަމަމިޔާއެކު ހެންދު އެކަނި ކުރާ ކަސްރަތުތަކަށް އާންމުންނަށް މަގުމައްޗަށް ނިކުމެ އުޅުމަށްވެސް ވާނީ ހުޅުވާލާފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށް އެޅިފައިޥާ ބައެއް ފިޔަވަޅުތަކަށް ލުއި ދިންކަމުގައި ވީނަމަވެސް ގިނަ މިހުން އެއްވެ ކުރިޔަށް ގެންދާ ހަރަކާތްތަކާއި އެއްވުންތައް އަދިވެސް މަނައެވެ. މީގެ އިތުރުން މިމަހުގެ 29 ވަނަ ދުވަހާއި ހަމަޔަށް ސަރުާރު އޮފީސްތައް ބަންދުކޮށްފައިވާއިރު، ކޮލެޖު ޔުނިވާސިޓީތަކުގެ ކިޔެވުންވެސް އަދިވެސް ކުރިޔަށް ގެންދަމުން އަންނަނީ އޮންލައިންކޮށެވެ. ހަމަމިޔާއެކު ޖަމާއަތުގައި ނަމާދުކުރުމަށްވެސް އަދި ހުޅުވާލާފައެއް ނުވެއެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮވިޑަށް 115 މީހަކު ޕޮޒީޓިވް ވެފައިވާއިރު ކޮވިޑް ބަލިގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 4،569 އަށް ދައްވެފައެވެ. އަދި އެންދުމަތި ކުރެވި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުވެސް ވަނި 39 އަށް ދައްވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.