Police curfew

ކޭސްތަކުގެ އަދަދު ދަށަށްދާން ފެށުމާއެކު ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިތައްދޭން ފަށައިފި އެވެ. އެގޮތުން ކާފިއު ވަގުތު ވަނީ ކުޑަކޮށްފަ އެވެ. މިހާރު ހަވީރު 4:00 ގައި ކާފިއު ފެށިނަމަވެސް، ދެން ކާފިއު ކުރިއަށްގެންދާނީ ހަވީރު 6:00 އިން ފެށިގެންނެވެ.

ކާފިއުގެ ވަގުތު ކުޑަކުރެވެމުން އަންނައިރު، އަދި ކާފިއު ހިންގަން ފަށާވަގުތު ލަސްކުރެވުމާއެކު ހަވީރު ވަގުތު ގޭބިސީތަކަށް ވިޔަފާރިކުރުމަށް ނިކުންނަ ގިނަ ބަޔަކަށް ބޮޑެތި ލުއި ތަކެއް ލިބިގެންދާނެކަމާށް މަބްރޫކް ވިދާޅުވިއެވެ.

ކާފިއު ހިންގަން ފަށާ ވަގުތު ލަސްވުމާއެކު މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ދެ ދަންފަޅިޔަކަށް ބަހާލާ ގޭބިސީތަކަށް ފާސްދޫކޮށްފައިވާއިރު، ކާފިއު ފަށާވަގުތު ލަސްކުރެވުމާއެކު މެންދުރު 12:00 ފެށިގެން 16:00 އަށް ދޫކޮށްފައިވާ ޕާމިޓް 12:00 ފެށިގެން 18:00 އަށް ދިނުމަށް ހަމަޖައްސާފައިވާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ހަލުވިކާޟާއެކު ފާއިތުވި ދިޔަ މަހުގައި ފެތުރެމުން ދިޔުމަށްފަހު ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މިހުންގެ އަދަދާއި ކޮވިޑް ބަލީގައި އެންދުމަތި ކުރެވެން ޖެހޭ މީހުންގެ އަދަދު ދައްވަމުން އައުމާއެކު ކޮވިޑް-19 ކޮންޓްރޯލުކުރުމަށް އެޅިފައިވާ އެކިއެކި ފިޔަވަޅުތަކަށްވެސް އަންނަނީ ލުއި ދެމުންނެވެ.

އެގޮތުން ކާފިއު ނިމޭ ވަގުތު ހެނދުނު 8:00 އާއި ހަމަޔަށް ހިންގަމުން އައުމަށްފަހު އެވަގުތުވަނީ ފަތިހު 4:00 އަށް ވަނީ އަވަސްކޮށްފައެވެ. އަދި ކާފިއު ފެށޭވަގުތު ހަވިރު 16:00 އަށް ހަމަޖައްސާފައި އޮތުމަށްފަހު މިރޭ މިވަނީ އިރުއޮއްސި 18:00 އަށް ލަސްކޮށްފައެވެ.

މީގެއިތުރުން ސެލޫންތަކާއި ބޯކޮށާތަންތަނުން އެޕޮއިންޓްމެންޓު އުސޫލުން  ހިދުމަތް ދިނުމަށް ހުއްދަދީފައިޥާއިރު މިރޭގެ ޕްރެސްގައި މިވަނީ ޖިމްތައްވެސް ހުޅުވާ ހިދުމަތް ދޭން ފެށުމަށް ހުޅުވާލާފައެވެ. ހަމަމިޔާއެކު ހެންދު އެކަނި ކުރާ ކަސްރަތުތަކަށް އާންމުންނަށް މަގުމައްޗަށް ނިކުމެ އުޅުމަށްވެސް ވާނީ ހުޅުވާލާފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށް އެޅިފައިޥާ ބައެއް ފިޔަވަޅުތަކަށް ލުއި ދިންކަމުގައި ވީނަމަވެސް ގިނަ މިހުން އެއްވެ ކުރިޔަށް ގެންދާ ހަރަކާތްތަކާއި އެއްވުންތައް އަދިވެސް މަނައެވެ. މީގެ އިތުރުން މިމަހުގެ 29 ވަނަ ދުވަހާއި ހަމަޔަށް ސަރުާރު އޮފީސްތައް ބަންދުކޮށްފައިވާއިރު، ކޮލެޖު ޔުނިވާސިޓީތަކުގެ ކިޔެވުންވެސް އަދިވެސް ކުރިޔަށް ގެންދަމުން އަންނަނީ އޮންލައިންކޮށެވެ. ހަމަމިޔާއެކު ޖަމާއަތުގައި ނަމާދުކުރުމަށްވެސް އަދި ހުޅުވާލާފައެއް ނުވެއެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮވިޑަށް 115 މީހަކު ޕޮޒީޓިވް ވެފައިވާއިރު ކޮވިޑް ބަލިގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 4،569 އަށް ދައްވެފައެވެ. އަދި އެންދުމަތި ކުރެވި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުވެސް ވަނި 39 އަށް ދައްވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.