އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރެއް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ. 

އިއްޔެ ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރެއް އެޅުމަށް ހަވާލުކޮށްފައިވަނީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

އިއްޔެގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ. އަދި ރެއިންބޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ މާޒިން އިބްރާހިމް ރަފީޤެވެ. މި ރަސްމިއްޔާތުގައި އެކްޓިންގ ޖެންޑަރ މިނިސްޓަރ  ޔުމްނާ މައުމޫންއާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއަށް ޖުމްލަ 15 މިލިއަނަށްވުރެ ގިނައިން ހަރަދުވާނޭކަމަށް ބެލެވޭއިރު، އިންޑިއާ ސަރުކާރުން 7.9 މިލިއަން ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ބާކީ 7.1 މިލިއަން ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުންނެވެ. މި މަޝްރޫއު ހަވާލުކުރެވިފައިވަނީ 6 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ޙަވާލުކުރާ ގޮތަށެވެ.

ޕްލޭނިންގ މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ސެންޓަރުގައި 60 މީހުންނަށް ފަރުވާ ދިނުމުގެ ކެޕޭސިޓީ ހުންނާނެއެވެ. 30 މީހުންނަށް ސެންޓަރުގައި ބައިތިއްބައިގެން ފަރުވާ ދެވޭނެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.