ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގަ ސްޕެއިންގެ ސެވިއްޔާ އަދި އިނގިރޭސިވިލާތުގެ ޗެލްސީއިން ހޯދައިފިއެވެ. 

ދެވަނަ ބުރުގެ ޖާގައެއް ސެވިއްޔާއިން ކަށަވަރުކުރީ 2-1 އިން ކްރަސަންޑޯރ ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރަތަމަ ލަނޑު 4 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އިވާން ރަކިޓިޗްއެވެ. ކްރަސަންޑޯއިން އެއްވަރުކުރީ 56 ވަނަ މިނެޓުގައި ވެންޑަރސަން ޖެހި ލަނޑަކުންނެވެ. މި މެޗުން ސެވިއްޔާ މޮޅުވި ލަނޑު އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ޖަހައިދިނީ މުނީރު އަލް ހައްދާދީއެވެ. 

ޗެލްސީ ދެވަނަ ބުރަށް ދަތުރުކުރީ 2-1 އިން ރެނޭސް ބަލިކުރުމަށްފަހުއެވެ. ރަށުން ބޭރުގައި ޗެލްސީ ކުޅުނު މެޗުގައި އެޓީމަށް 22 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ކެލަމް ހަޑްސަން އޮޑޯއިއެވެ. މެޗުގެ 85 ވަނަ މިނެޓުގައި ސެހްރޫ ގުރޭސީ ރެނޭސްއަށް އެއްވަރުކޮށްދިން ނަމަވެސް އޮލިވިއާ ޖިރޫ ވަނީ އިތުރު ވަގުތުގެ ތެރޭގައި ލަނޑެއް ޖަހައި ޗެލްސީއަށް މެޗުން ތިން ޕޮއިންޓް ހޯދައިދީފައެވެ. 

މި ދެޓީމު އޮތް ގްރޫޕްގެ އެއްވަނައިގައި 10 ޕޮއިންޓާއެކު އޮތީ ޗެލްސީއެވެ. އަދި ދެވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ލަނޑުގެ ތަފާތުން އޮތީ ސެވިއްޔާއެވެ. ތިންވަނަ އެއް ޕޮއިންޓާއެކު ކްރަސަންޑޯރއަށް ލިބޭއިރު މި ގްރޫޕްގެ ފުލުގައި ލަނޑުގެ ތަފާތުން އޮތީ ފްރާންސްގެ ރެނޭސްއެވެ. ޗެލްސީ އަދި ސެވިއްޔާ ވެގެންދިޔައީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމުތަކަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.