ގެއްލިގެން ހޯދަމުން ދިޔަ އަބޫބަކުރު ؛ އޭނާ މިހަރު ވަނީ ފެނިފައި -- ފޮޓޯ: ފުލުހުން

ގެއްލިގެން ހޯދަމުން ދިޔަ، ހދ. ކުޅުދުއްފުށީ/ރިންސޯ، އަބޫބަކުރު އިބްރާހިމް ފެނިއްޖެއެވެ.

އުމުރުން 20 އަހަރުގެ އަބޫބަކުރު ގެއްލިގެން ރިޕޯޓް ކުރުމާ ގުޅިގެން އޭނާ ހޯދުމަށް ފުލުހުން ވަނީ މިއަދު އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ. އަބޫބަކުރު ހޯދަން އިއުލާން ކުރިތާ 4 ގަޑިއިރުތެރޭ އޭނާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އޭނާ ފެނުނު އިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

އަބޫބަކުރު ގެއްލިގެން ރިޕޯޓް ކޮށްފައި ވަނީ އޭނާގެ އާއިލާއިންނެވެ. އާއިލާއިން ރިޕޯޓް ކުރީ، މި ޖޫން މަހު 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެއެވެ. އެންމެ ފަހުން އަބޫބަކުރު ހަބަރެއް ވީއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައި ވެއެވެ.

އަބޫބަކުރު ފެނުމާއެކު ފުލުހުން ވަނީ އޭނާ ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަސް ޝުކުރު އަދާ ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.