މޯލްޑިވިއަން އެއާލައިންސް ފްލައިޓުތައް ކެންސަލް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ކްލަސްޓާއަކާ ގުޅިގެން މޯލްޑިވިއަންގެ ހުރިހާ ފްލައިޓެއް ވަނީ ކެންސަލްވެފަ އެވެ.

ނަމަވެސް އެ ކުންފުނިން މިރޭ ކުރި ޓުވީޓެއްގައި ބުނީ މޯލްޑިވިއަންގެ ފްލައިޓުތައް ކެންސަލްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ޕޯސްޓަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. އަދި ދަތުރުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ މޯލްޑިވިއަންގެ ޓީމުން އެކަން އަންގަމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވިއަންއަކީ މިވަގުތު ރާއްޖޭގެ 16 މަންޒިލަކަށް ދަތުރު ކުރާ ގައުމީ އެއާލައިންސް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.