ޚަބަރު
ފެނަކައިން 900 އަށްވުރެ ގިނަ މުވައްޒަފުން ދޫކޮށްލައިފި

އެއްބަސްވުން ހަމަވެގެން ފެނަކައިން 900 އަށްވުރެ ގިނަ މުވައްޒަފުން ދޫކޮށްލައިފިއެވެ.

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ކޮންޓްރެކްޓު އާ ނުކޮށް ދޫކޮށްލި މުވައްޒަފުންނަކީ ޕްރޮޖެކްޓުތަކަށް ނަގާފައި ތިބި މީހުން ކަމަށާއި، އެ މީހުންގެ ކޮންޓްރެކްޓު މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.

މީގެ އިތުރުން މުއާޒު ވިދާޅުވީ ކޮންޓްރެކްޓު އާނުކުރާން ނިންމައި، ދޫކޮށްލީ އެއްވެސް ވަރަކަށް މަސައްކަތް ކުރިއަށްނުދާ ނުވަތަ މަސައްކަތް އެއްކޮށް ނިމިފައިވާ މަޝްރޫއުތަކަށް ކޮންޓްރެކްޓު އުސޫލުން ނަގާފައިވާ މުވައްޒަފުން ކަމަށެވެ.

ކުރީ ސަރުކާރު ނިމުނުއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނައީ ފެނަކައިގައެވެ. އެ ސަރުކާރު ނިމުނުއިރު ފެނަކައިގައި 7،000 އަށްވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތަފާސްހިސާބުތަކުން ދައްކައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top