ދިވެހިރާއްޖޭގެ ހައި ކޯޓު -- ފޮޓޯ: މިިހާރު އޮންލައިން

ނުރަސްމީ ގަޑީގައި ޝަރުއީ މަސައްކަތްތަކަށް ނެރެންޖެހޭ އިދާރީ މުވައްޒަފުންނަށް ނައިޓް ކޯޓް އެލަވަންސްގެ ގޮތުގައި 115 ރުފިޔާ ދޭން ޖެހޭ ކަމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމާފައި ވަނީ ނުރަސްމީ ގަޑީގައި ޝަރުއީ މަސައްކަތްތަކަށް ނެރެންޖެހޭ އިދާރީ މުވައްޒަފުންނަށް ނައިޓް ކޯޓް އެލަވަންސް ދޫކުރުމުގެ އުސޫލުގައެވެ. މި އުސޫލު އިސްލާހުކޮށް، އަލުން ނެރެފައި ވަނީ މިމަހު 20 ވަނަ ދުވަހުއެވެ.

ޑީޖޭއޭއިން ނެރުނު ސާކިއުލަރގައިވާ ގޮތުން އުސޫލު އިސްލާހު ކޮށްފައި ވަނީ ނައިޓް ކޯޓް އެލަވަންސް ލިބުމުުގައި އެކި ކޯޓުތަކުގެ މެދުގައި ހުރި ތަފާތުތައް ނައްތާލައި، މިފަދަ މަސައްކަތް ކުރަންޖެހޭ ހުރިހާ ކޯޓުތަކަކާއި މެދު އެއްގޮތަކަށް އަމަލު ކުރުމަށެވެ. އަދި މައްސަލަތައް ތާވަލު ކުރުމާއި ޝަރީއަތް ހިންގުމަށް މިހާރު އައިސްފައިވާ ބަދަލުތަކާ މި އެލަވަނސް ލިބޭ ހާލަތްތަކާ ދިމާ ކުރުން ކަމަށް ވެސް ޑީޖޭއޭއިން ނެރުނު ސާކިއުލާގައި ވެއެވެ.

އިސްލާހު ކުރި އުސޫލުގައިވާ ގޮތުގައި، ނުރަސްމީ ގަޑީގައި ޝަރުއީ މަސައްކަތަށް ނެރޭ އިދާރީ ކޮންމެ މުވައްޒަފަކަށް، ކޮންމެ ދުވަހަކަށް 115 ރުފިޔާ ދޭން ޖެހެއެވެ. މި އުސޫލު ހިނގާނީ ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00 އާއި ފަތިހު 5:00އާ ދެމެދު މުއްދަތު މަޖިލީސް ހިންގުމާއި ކޯޓު އަމުރު ދޫކުރުމުގެ މަސައްކަތްތައް ކުރާ ނަމައެވެ. އިނާޔަތް ލިބޭނީ މި މަސައްކަތްތަކުގައިި ފަނޑިޔާރަކާއެކު މަސައްކަތް ކުރާ ނަމައެވެ. އެގޮތުން އިނާޔަތް ލިބޭ ގޮތަށް މަސައްކަތަށް ނެރެވޭނީ މަސައްކަތުގައި އުޅުއްވާ ކޮންމެ ފަނޑިޔާރަކަށް ދެ މުވައްޒަފުންނެވެ.

އިނާޔަތް ލިބޭ ގޮތަށް އެ ގަޑިތަކުގައި އެ މަސައްކަތްތައް ކުރާ ގޮތަށް އިންތިޒާމްކޮށް ތާވަލު ކުރަންވާނީ އެކަމެއްގެ ބާވަތުން އެ ނޫން ގަޑިއެއްގައި އެކަން ކުރެވެން ނެތް ނަމައެވެ. އިނާޔަތް ދޭނީ މަދުވެގެން 2 ގަޑިއިރު މިގޮތުގެ މަތިން މަސައްކަތް ކޮށްފައިވާ ނަމައެވެ. 2 ގަޑިއިރު ހަމަ ނުވާނަމަ ދޭނީ މަސައްކަތް ކުރި ވަގުތަކަށް ޖެހޭ އިތުރުގަޑީގެ ފައިސާ އެކަނި ކަމަށް އުސޫލުގައިވެއެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.