މަރާލައިފައި އޮއްވާ ފެނުނު ކުޑަކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އާއިލާއިން ދިޔައީ ޖެންޑަރ މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އުމުރުން އެންމެ 13 އަހަރުގެ މުހައްމަދު ރާއިފް މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ފޭސް 2 ގެ އިރުއުތުރު ފަރާތުގެ މޫދުގެ ފަޅު ތެރޭގައި އޮތް ފޮށިގަނޑަކުންނެވެ. މި މަރާއި ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.
މި މަރާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޔުމްނާ ވިދާޅުވީ އެ ކުއްޖާގެ އާއިލާއިން ދިޔައީ ޖެންޑަރ މިނިސްޓްރީ އާއި އެކު ގާތުން މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން އެ ކުއްޖާގެ މަންމައާއި އެކު އިޖްތިމާއި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެ ކުއްޖާއަކީ ގާބިލުކަން ހުރި ކުއްޖެއް ކަމަށް މުދައްރިސުން ވެސް ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުއްޖާއަކީ ތައުލީމު އުނގެނެމުންދާ އަދި ކުއްޖާގެ މުދައްރިސުންގެ ފަރާތުންވެސް އެ ކުއްޖާއަކީ ގާބިލުކަން ހުރި ކުއްޖެއްކަން ފާހަގަކޮށްފައިވޭ
ޖެންޑަރ މިނިސްޓްރީ އިން ދަނީ އެ ކުއްޖާގެ އާއިލާއަށް ބޭނުންވާ ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އެ ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް ޚަބަރު ނުފެތުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.