"ވޯޓަރ ސޭފްޓީ ޕްލޭން" އާއި، "ސެނިޓޭޝަން ސޭފްޓީ ޕްލޭން" ހެދުމަށްޓަކައި ބޭނުންވާ ތަމްރީނު ޕްރޮގްރާމް މިއަދު އޮންލައިންކޮށް ފަށައިފިއެވެ.
މިއީ ގަވާއިދު ނަންބަރ 2021/R-23 (ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާބެހޭ އާންމު ގަވާއިދު) ގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރަށު ކައުންސިލުތަކުން ތައްޔާރުކުރަންޖެހޭ "ވޯޓަރ ސޭފްޓީ ޕްލޭން" އާއި، "ސެނިޓޭޝަން ސޭފްޓީ ޕްލޭން" ހެދުމަށްޓަކައި ކުރިޔަށް ގެންދެވޭ ތަމްރީނުތަކެކެވެ. މި ތަމްރީން ޕްރޮގުރާމްތައް މިއަދު ފަށާފައިވާއިރު، ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ދަ އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަހްމަދު މުޖްތަބާ އެވެ.
ހަމަމިޔާއެކު، ވޯލްޑް ހެލްތް އޯގަނައިޒޭޝަންއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޕްރެޒެންޓޭޓިވް، ޑރ. ނަޒްނީން އަންވަރު ވެސް މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
@MoEnvmv in collaboration with @WHOMaldives today has initiated a 5-day workshop to conduct a nation wide training programme on development of #water safety plan and sanitation safety plan in #Maldives.#WSP #SSP #SAP2019to2023 #Water #Sewerage pic.twitter.com/KDG18Ww9I8
— Min. of Environment, Climate Change and Technology (@MoEnvmv) June 22, 2021
ފަސް ދުވަހުގެ މުއްދަތަކަށް ދެމިގެންދާ މި ތަމްރީނު ޕްރޮގްރާމަކީ ނަރުދަމާގެ ޚިދުމަތް ދިނުމާއި ގުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމެއްކަމުގައިވީނަމަވެސް މި ތަމްރީނު ޕްރޮގުރާމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ފެނާއި ނަރުދަމާ ޚިދުމަތްދޭ ކުންފުނިތައް، ސިޓީ އަދި އަތޮޅު ކައުންސިލުތަކުގެ ކަމާގުޅޭ މުވައްޒަފުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
"ވޯޓަރ ސޭފްޓީ ޕްލޭން" އާއި، "ސެނިޓޭޝަން ސޭފްޓީ ޕްލޭން" ތައްޔާރުކުރުމާއި ގުޅޭ ތަމްރީނު ޕްރޮގްރާމަކީ މި ދާއިރާ ތަރައްޤީކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި ހުޅުވާލެވިގެން ދިޔަ އިތުރު ދޮރެއްކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ފާހަގަކުރެއެވެ.