ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު

މަރާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލާގައި މައުލޫމާތު ހޯދަން ދެ ދުވަސް ދިނުމަށް ފަހު، އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

އެ ކުއްޖާގެ މައްސަލާގައި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމާފައި ވަނީ، ކޮމިޓީއާ މައުލޫމާތު ހިއްސާ ކުރުމަށް ދެ ދުވަސް ދިނުމަށްފަހު އަންނަ ހޮނިހިރު ދުވަހު، އިދާރާތައް ހާޒިރުކޮށް ސުވާލު ކުރުމަށެވެ.

މިއަދުގެ ކޮމިޓީގައި މެންބަރުން ހުށަހެޅުއްވީ، ކުއްޖާ މަރާލި މައްސަލައާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް ފުލުހުން ހާމަ ކޮށްފައި ނުވާތީ، އެ މައުލޫމާތުތައް ހޯދުމަށްފަހު ކުރިއަށް ދިއުމަށެވެ. އަދި ކުއްޖާއާ މެދު މީގެ ކުރިން އަމަލުކޮށްފައިވާ ގޮތް ބެލުމަށާއި، ގާނޫނުގެ ދަށުން ދޭން ޖެހޭ ހައްގުތަކާއި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ވޭތޯ ބެލުމަށް ވެސް މެންބަރުން ހުށަހަޅާފައިވެއެވެ. އަދި މި މައުލޫމާތުތައް އެއް ކުރަން ނިންމާފައި ވަނީ ލިޔުމުންނެވެ.

މީގެ އިތުރުން ކޮމިޓީގައި މެންބަރުން ފާހަގަ ކުރެއްވި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރާއްޖޭގެ ދުވަސް ނޫސްތަކުން ސާބިތުނުހިފޭ މައުލޫމާތު ފަތުރަމުން ދިއުމެވެ. އެގޮތުން، ކުޑަކުއްޖެއްގެ މައްސަލައެއްގައި ޒާތީ މައުލޫމާތު ހިމެނުމާއި، އެކި ނޫސްތަކުގައި އެކި މައުލޫމާތު ހިމަނާފައިވާތީ މެންބަރުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކޮށްފައެވެ. ކޮމިޓީ މެންބަރުން ވަނީ، އޮންލައިން ނޫސްތައް ރެގިއުލޭޓް ކުރެވޭނެ ގޮތެއް ހޯދުމަށް ގޮވާލައްވާފައެވެ.

ހުޅުމާލެއިން ރޭ މެންދަމު އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ، ކުއްޖާ ހޯދުުުމުގެ މަސައްކަތް ކުރަމުން ދަނިކޮށްށެވެ. އެގޮތުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް އާދިއްތަ ދުވަހު ހުށަހެޅުމުން، އެ ކުއްޖާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.

އެކުއްޖާގެ ހަށިގަނޑު ފެނުނީ މަރާލުމަށްފަހު ފޮއްޓެއްގެ ތެރެއަށްލާފައި އޮއްވައެވެ. އެ ފޮށި އެއްލާލާފައި އޮއްވައި ފެނުނީ ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަހައްދު މޫދުންނެވެ. މިހާރު ވަނީ ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓެމްއެއް ހަދަން ނިންމާފައެވެ.

އްސަލަ އާއި ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން، 27 އަހަރުގެ ފިރިހެނަކު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.