ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަށް އަލީ ވަހީދަށް އިތުރު 5 ފަސް ދުވަސް ދިނުމަށް މައްސަލަ ބައްލަވާ ގާޒީ ނިންމެވިނަމަވެސް، އެގޮތަށް އެ ފުރުސަތު ނުދެވޭނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން ބުނީ މި މި ޝަރީޢަތް ކުރިއަށްގެންދެވޭނެކަމަށް ޤާޟީ ޙަސަން ސަޢީދު ނިންމެވުމާއެކު، މައްސަލައިގެ "އިބްތިދާއީ އަޑުއެހުން" ކުރިއަށްގެންދެވުނު ކަމަށެވެ. އެގޮތުން މި މައްސަލައާ ގުޅިގެން 09 ފެބްރުވަރީ 2011 ދުވަހު ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި، ދެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ވާނަމަ ހުށަހެޅުމަށް 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ދެއްވިކަމަށް އެ އޮފީހުން ބުންޏެވެ.
އަލީ ވަހީދުގެ ޝަރީއަތާއިމެދު ޕީޖީގެ ހިތްހަމަނުޖެހުންތައް ސޯޝަލް މީޑިއާއަށް
ޕީޖީން ބުނިގޮތުގައި އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ފަރާތުން ހުށަހަޅަންހުރި ހުށަހެޅުންތައް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް 21 ޖޫން 2011 ދުވަހުގެ އަޑުއެހުމާ ހަމައަށްވެސް ޢަލީ ވަޙީދުގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅުއްވާފައިނުވާކަމަށް ދައުލަތުން ބުންޏެވެ.
ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް އިތުރު ފުރުޞަތެއް ދެއްވުމަށް ޢަލީ ވަޙީދުގެ ފަރާތުން އެދިފައިވެއެވެ.
ޕީޖީން ބުނިގޮތުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް ޝަރީއަތުން ދީފައިވާ މުއްދަތު ފާއިތުވިތާ 3 މަހަށް ވުރެ ގިނަ ދުވަސްވީ ފަހުން 10 ޖޫން 2021 ދުވަހު ހުށަހެޅުން ކޯޓަށް ފޮނުވާފައިވާކަމަށް ޢަލީ ވަޙީދުގެ ވަކީލުން ވިދާޅުވިއެވެ. ނަމަވެސް، 10 ޖޫން 2021 ދުވަހު ހުށަހެޅިކަމަށް ބުނި ހުށަހެޅުންވެސް ލިބިފައިނުވާކަމަށް ޤާޟީ ޙަސަން ސަޢީދު ޝަރީއަތުގައި ވިދާޅުވިކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އަލީ ވަހީދުގެ ޝަރީއަތާއިމެދު ހިތް ހަމަނުޖެހި މައްސަލަ ހައި ކޯޓަށް
ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 117 ވަނަ މާއްދާގެ (ނ) ގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް ކޯޓުން ކަނޑައަޅާ މުއްދަތު ފާއިތުވުމަށްފަހު އެކަމަށް އިތުރު ފުރުޞަތެއް ނުދެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އެކަން ފާހަގަކޮށް ޕީޖީގެ ބަޔާނުގައި ބުނީ އަލީ ވަޙީދުއަށް ލިބިދިން ފުރުޞަތު މަޤްބޫލު އުޒުރެއްނެތި ދޫކޮށްލާފައިވާތީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން މި ފުރުޞަތު އިތުރަށް ލިބިނުދެވޭނެ ކަމަށެވެ.
ޢަލީ ވަޙީދުގެ ފަރާތުން ހުށަހެޅުންތައް ހުށަހެޅުމަށް އިތުރު ފުރުޞަތު ދިނުމަށް ދައުލަތުން އިޢުތިރާޟުކުރީމެވެ.
ދައުލަތުން އިއުތިރާޒްކުރިނަމަވެސް ޢަލީ ވަޙީދުއަށް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް އިތުރު 05 (ފަހެއް) ދުވަހުގެ މުއްދަތެއް ދެއްވުމަށް މައްސަލަ ބައްލަވާ ގާޒީ ވަނީ ނިންމަވާފަ އެވެ.