ސައޫދީ ޢަރަބިއްޔާގެ ޚަމިސް މުޝައިތް އަދި ނަޖްރާން އަށް އަމާޒުކޮށްގެން ދިން ޑްރޯން ޙަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން ދެކޭ ގޮތުގައި އާއްމުންނަށް އަމާޒުކޮށް ދެވޭ ޙަމަލާތައް މިގޮތަށް އިތުރު ވެގެން ދިޔުމަކީ އެސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް ހުރަސް އެޅޭ ކަމެކެވެ. އެހެންކަމުން ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު މަޝްވަރާކޮށް، އެސަރަހައްދަށް ހަމަޖެހުން ގެނައުން މުހިއްމުކަމަށް ދިވެހި ސަރުކާރުން ދެކެއެވެ.

ސަރުކާރުން ނެރުނު ބަޔާނުގައި ދިވެހި ސަރުކާރު އޮތި ސަޢޫދީޢަރަބިއްޔާގެ ސަރުކާރާއި، ސައޫދީގެ އުޚުތްތެރި ރައްޔިތުންނާއެކުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖްތަމައާ ގުޅިގެން ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.