ހުޅުމާލެ ފޭސް ދޭއް، ބީޗް ސަރަހައްދު

ރަހީނުކުރުމަށްފަހު ރަހުމުކުޑަކޮށް މަރާލާފައިވާ ކުއްޖާގެ ފޮޓޯތަކާއި މައުލޫމާތު ދައުރުނުކުރުމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާރވިސް އިން އެދިއްޖެއެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާރވިސް އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ކުޑަކުއްޖެ ރަހުމުކުޑަކޮށް މަރާލައިފާވާ ޚަބަރާއެކު މީސްމީޑީއާ ގައި ކުއްޖާއާއި ޢާއިލާ ކުށްވެރިކޮށް މިދަނޑިވަޅުގައި މަޢުލޫމާތު ހާމަކުރުމަކީ އާއިލާއަށް އިތުރު ތަކުލީފުތަކެއް އުފުލަންޖެހޭނެ ކަމެއް ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ކުއްޖާގެ އާއިލާގެ އިޙުސާސްތަކަށް އިޙްތިރާމުކޮށް މިފަދަ ޚަބަރުތައް އަދި ކުއްޖާގެ ފޮޓޯތަކާއި މަޢުލޫމާތު ދައުރުނުކުރުމަށް އެ ސަރވިސް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ބެހޭ ޤާނޫނު ނަމްބަރު 19/2019 ގެ 33ވަނަ މާއްދާގެ (ހ) ގެ ދަށުން ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އާންމުކޮށްގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން މި މާއްދާއާއި ހިލާފުވާ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ މި ޤާނޫނުގެ ދަށުން ފިޔަވަޅުއަޅާނެ ކަމަށް އެ ސާރވިސް އިން ވަނީ ބުނެފައެވެ.

ހުޅުމާލެއިން ރޭ މެންދަމު އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ، ކުއްޖާ ހޯދުުުމުގެ މަސައްކަތް ކުރަމުން ދަނިކޮށްށެވެ. އެގޮތުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް އާދިއްތަ ދުވަހު ހުށަހެޅުމުން، އެ ކުއްޖާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.