މަރާލައިފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނިންމައިފި އެވެ.
ހުޅުމާލެއިން ރޭ މެންދަމު އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ، ކުއްޖާ ހޯދުުުމުގެ މަސައްކަތް ކުރަމުން ދަނިކޮށްށެވެ. އެގޮތުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް އާދިއްތަ ދުވަހު ހުށަހެޅުމުން، އެ ކުއްޖާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.
އެކުއްޖާގެ ހަށިގަނޑު ފެނުނީ މަރާލުމަށްފަހު ފޮއްޓެއްގެ ތެރެއަށްލާފައި އޮއްވައެވެ. އެ ފޮށި އެއްލާލާފައި އޮއްވައި ފެނުނީ ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަހައްދު މޫދުންނެވެ.
މައްސަލަ އާއި ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން، 27 އަހަރުގެ ފިރިހެނަކު އެވެ.
މަރާލައިފައި އޮތް ކުއްޖާ ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފައި.
އެނގިފައިވާގޮތުގައި އެ ކުއްޖާގެ ހަށިގަނޑުގައި އަނިޔާތައް ލިބިފައިވާކަމުގެ ޒަހަމްތަކެއް ހުރި އެވެ.
މައްސަލަ ތަހުޤީޤްކުރަމުން އަންނަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުންނެވެ.