ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުންދިޔަ އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުން ރޭ 11:01 ގައި މަރުވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ. އެއާއިއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 207 އަށް އަރާފައެވެ.
Last night at 11:01 pm (21/06/21) a 79-year-old Maldivian female admitted at HMF has passed away
This is the 207th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant her soul eternal peace in heaven.
— Health Protection Agency (@HPA_MV) June 22, 2021
އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ކޮވިޑް ބަލީގައި އެންމެ ފަހުން މީހަކު މަރުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި ހަފްތާއިން ފެށިގެން ރާއްޖެއިން ކޮވިޑް ޖެހިގެން ރިޕޯޓްކުރާ ކޭސް ތަކުގެ އަދަދު ވަނީ ދަށަށް ދާން ފަށާފައެވެ. ފާއިތުވި 24 ގަޑިއިރަށް ބަލާއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 253 މީހެކެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 4،784 އަށް ދައްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެވެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 44 އަށް ދައްވެފައެވެ.