ކޮވިޑް-19 އަށް 150 މީހަކު ޕޮޒިޓިވްވެ މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 12،758 އަށް އަރައިފިއެވެ.

ހޯމަ ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި، 92 ބިދޭސީންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 62 މީހުން ޕޮޒިޓިވްވެފައިވަނީ ގްރޭޓަރ މާލޭ ރީޖަންއިންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަދު ވަނީ 1717 ސާމްޕަލް ޓެސްޓް ކުރެވިފައެވެ. އައިސޮލޭޝަން ފެސިލިޓީސްތަކުގައި 342 މީހަކު ތިބިއިރު 92 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

އެކްޓިވް ކޭސެސްގެ ގޮތުގައި 1090 ކޭސް ހިމެނޭއިރު މިހާތަނަށް 11،615 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 46 މީހަކު މަރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.