އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލާފައި އޮއްވައި ފެނިއްޖެއެވެ.
ހުޅުމާލެއިން މިއަދުގެ މެންދަމު އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ, 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް އާދިއްތަ ދުވަހު ހުށަހެޅުމުން, އެ ކުއްޖާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.