އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 29 ރަށެއްގައި ގާއިމްކުރާ ޖިމްތައް އިންސްޓޯލްކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ. 

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ކްރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. 

މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ އެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިނާޔަތު ތައުފީގްއެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،422،320.00 ރުފިޔާއަށެވެ. މި އެއްބަސްވުމުގެ ދަށުން އައުޓްޑޯރ ޖިމް ގާއިމްކުރެވިގެންދާނެ ރަށްތަކަކީ؛

 • އއ. ހިމަންދޫ
 • އއ. އުކުޅަސް
 • އއ. ތޮއްޑޫ
 • ދ. މީދޫ
 • މ. ވޭވަށް
 • މ. ނާލާފުށި
 • ފ. ދަރަނބޫދޫ
 • ފ. ފީއަލި
 • ތ. ހިރިލަންދޫ
 • ތ. ކިނބިދޫ
 • ތ. ކަނޑޫދޫ
 • ލ. މާވަށް
 • ލ. މާބައިދޫ
 • ލ. އިސްދޫ
 • ލ. ފޮނަދޫ
 • ލ. ހިތަދޫ
 • ލ. މާމެންދޫ
 • ލ. ގަން
 • ގއ. ކޮލަމާފުށި
 • ގއ. ކަނޑުހުޅުދޫ
 • ގއ. ކޮނޑޭ
 • ގއ. ދާންދޫ
 • ގދ. ގައްދޫ
 • ގދ. ތިނަދޫ
 • ގދ. ހޯޑެއްދޫ
 • ޏ. ފުވައްމުލައް
 • ސ. މަރަދޫ
 • ސ. ހިތަދޫ
 • ސ. މަރަދޫ-ފޭދޫ
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.