އެމްއެމްޑީއެފް ކޯސްޓްގާޑް

ރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަޙައްދުގައި ގަވައިދާއި ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސް ބޯޓެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހިފަހައްޓަވައިފި އެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި މި މަސްބޯޓު ފެނިފައިވަނީ ލ. އަތޮޅުގެ އިރުން 45 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ސީލައިން-03" ނަމަކަށްކިޔާ ދޯންޏަށް ކަމަށް ބުނެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ 15:21 ގައި ކަމަށް އެ ހިދުމަތުން ބުންޏެވެ.

މަސް ބޯޓު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި، މި ބޯޓު ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ، ލ. އަތޮޅުގެ އިރުން 139 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބޯޓު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެވުނު އިރު ބޯޓުގައި ފަސް ފަޅުވެރިން ތިބިކަމަށް އެމްއެންޑީއެފްއިން ހާމަކުރިއެވެ.

ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން، ކޯސްޓްގާޑް ޝިޕް ހުރަވީ ބެލުމުގެ ދަށުން ލ. އަތޮޅަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.