ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ޕޮލިހުން ހަރަކާތްތެރިވަމުން އަންނަ އިރު ފިޔަވަޅުތައް ތަންފީޒުކުރުމުގައި ޕޮލިހުން އަމަލުކުރަމުން އަންނަ ގޮތާމެދު އެއްވެސް ޝަކުވާއެއް އައިސްފައި ނުވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

ޕޮލިހުން މިހެން ބުނެފައިވަނީ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މަސައްކަތާ ނުގުޅޭ މައުލޫމާތު ސާފުކުރާ ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި ދައުރުވަމުން އައުމާއި ގުޅިގެންނެވެ. އެހެންނަމަވެސް މަސައްކަތާ ނުގުޅޭ މައުލޫމާތު ސާފުކުރާ ކަމުގެ އެއްވެސް ޝަކުވާއެއް އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުންނަށް ހުށައަޅާފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ޕޮލިހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އަންނަނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންނެވެ.

އެހެންނަމަވެސް، މަސައްކަތާ ނުގުޅޭ މައުލޫމާތު ސާފުކުރުމަށް ޕޮލިހަކު މަސައްކަތްކޮށްފިނަމަ ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ޕްރޮފެޝަނަލް ސްޓެންޑަރޑްސް އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން މައްސަލަ ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.

އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޕާމިޓްގެ ސައްހަކަން ކަށަވަރު ކުރުމަށް ބައެއް ހާލަތްތަކުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި ޖޫރިމަނާ ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން އެސްއެމްއެސް މެދުވެރިކޮށް އެ ފަރާތަކަށް އެންގުމަށް ފޯން ނަންބަރު އޮޅުން ފިލުވާނެކަމާށް ޕޮލިހުން ބުނެފައިވެއެވެ.

ކޮވިޑް ރާއްޖޭގައި ބާރު ދުވެއްޔެއްގައި ފެތުރެމުން އައުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލުކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅާފައެވެ. އެހެންނަމަވެސް އަދަދުތައް ދައްވަމުން އައުމާއި ގުޅިގެން ފިޔަވަޅުތަކަށް ލުއިދިންކަމުގައިވީނަމަވެސް ގިނަ ފިޔަވަޅުތައް ދަްމަހައްޓާފައިވެއެވެ. އެގޮތުން، ގްރޭޓާ މާލެ ސަރަހައްދުގައި ހަވީރު 16:00 ފެށިގެން ފަތިހު 04:00 ކާފިއުގެ ހިންގާއިރު އަދިވެސް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވާއިރު، ރެސްޓޯރެންޓުތަކާއި، ކެފޭތަކުގައި ތިބެގެން ކެއުން މަނައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.