އިސްލާމިކް ޔުނިވަރސިޓީ އޮފް ބަންގްލަދޭޝް

ކޯސް ފީގެ ގޮތުގައި ވަރަށް ކުޑަ މިންވަރެއް ދައްކައިގެން 34 ދާއިރާއަކުން އިސްލާމިކް ޔުނިވަރސިޓީ އޮފް ބަންގްލަދޭޝްގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ބަންގްލަދޭޝްގެ އިސްލާމިކް ޔުނިވަރސިޓީގެ 2020/2021 ވަނަ އަހަރުގެ އަންޑަރގްރެޖުއޭޓް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ދަރިވަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ސްކީމުގެ ދަށުން 34 ދާއިރާއަކުން އަންޑަރގްރެޖުއޭޓް ފެންވަރުގައި ކިޔެވޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.

މި ކޯސްތަކަށް އެޕްލައި ކުރުމުގެ ސުންގަޑިއަކީ މި ޖޫން މަހު 30 ވަނަ ދުވަސް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބަންގްލަދޭޝްގެ އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތަކާ ބެހޭ އިތުރު މައުލޫމާތާއި، ކޯސްތަކަށް އެޕްލައި ކުރާނެ ގޮތް އެ ޔުނިވަރސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

އެ އިއުލާނުގައި އިތުރަށް ބުނީ، މި ކޯސްތަކަށް ހޮވޭ ދަރިވަރުން ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ކުރާ އިންސްޓިޓިއުޓެއްތޯ ޔަގީން ކުރަން ވާނެ ކަމަށެވެ. އަދި ހޮވުނު ކޯހަކީ އެމްކިއުއޭއިން ގަބޫލު ކުރާ ކޯހެއްތޯ ވެސް ޔަގީން ކުރަން ވާނެ ކަމަށެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.