ވީއޭއެމްގެ ރައީސް ރަނޭ، އޭވީސީގެ ރައީސް ރީޓާއާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރައްވަނީ -- ފޮޓޯ: ވީއޭއެމް

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ ރައީސް ރީޓާ ސުވޯބޯއާ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ބައްދަލު ކުރައްވައިފިއެވެ.

ވީއޭއެމްއިން ބުނީ، ރަނޭ އާއި ރީޓާ ކުރިޔަށް ގެންދެވި ބައްދަލުވުމުގައި ވީއޭއެމްގެ އާ ޑިވެލޮޕްމަންޓް ޕްލޭނާ ބެހޭ ގޮޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، އަދި ރާއްޖޭގައި ވޮލީ ކުރިއަރުވަން ހުރި ފުރުސަތުތަކާ ބެހޭގޮތުންވެސް މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

މިއީ ވީއޭއެމްގެ ރައީސް ކަމަށް ރަނޭ އިންތިހާބުވެ ވަޑައިގެންފަހުން އޭވީސީގެ ރައީސްއާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ވީއޭއެމްގެ ރައީސް ކަމަށް ރަނޭ އިންތިހާބުވެ ވަޑައިގެންނެވީ މި އަހަރުގެ އެޕްރިލް މަހުގެ 1 ވަނަ ދުވަހު ވީއޭއެމްގެ ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.

ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް އާ ރައީސް ރަނޭ ވަނީ ރާއްޖޭގެ އިދާރީ ހިންގުން ބައްޓަންވެފައި އޮތް ލާމަރުކަޒީ ނިޒާމާ އެއްގޮތަށް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.