ޕާކިސްތާނާއި ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އެގައުމަކީ "ނާސިގެ" އެއްގެ ގޮތުގައި އަފްޢާނިސްތާނުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިސަރ (އެންއެސްއޭ) ސިފަކުރެއްވުމާއި ގުޅިގެން ދެގައުމުގެ ގުޅުން ހީނަރުވެ މައްސަލަ ހޫނުވެއްޖެއެވެ.

އަފްޢާނިސްތާނުގެ އެންއެސްއޭގެ މި ބަހުގެ ހަމަލާތަކާއެކު ޕާކިސްތާނާއި އަފްޢާނިސްތާނާއި ދެމެދު އޮންނަ ހާރިޖީ ގުޅުން އިތުރަށް ހީނަރުވެ ޑިޕްލޮމެޓިކް މައްސަލައެއް ވަނީ އުފެދިފައެވެ. ހަމްދުއްﷲ މޮހިބްގެ ބަހުގެ ހަމަލާގެ ސަބަބުން ޕާކިސްތާނުގެ ފަރާތުން އަފްޢާނިސްތާނުގެ އެންއެސްއޭ އާއި ދެމެދު އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވާކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވަނީ ދަ އެކްސްޕްރެސް ޓްރިބިއުން އަށް މައުލޫމާތު ދެމުން ވިދާޅުވެފައެވެ.

އާދީއްތަ ދުވަހު ޕާކިސްތާނުގެ ފޮރިން މިނިސްޓަރ ޝާހް މެހްމޫދް ގުރެއިޝީ ވަނީ އަފްޢާނިސްތާނުގެ އެންއެސްއޭއަށް އަމާޒުކޮށް ރައްދު ދެއްވާފައެވެ. ފޮރިން މިނިސްޓަރ ވިދާޅުވީ ޕާކިސްތާނުގެ އަގާއި ޝަރަފު ގެއްލޭފަދަ އެފަދަ ބަސްތައް ބުނާނަމަ އެއްވެސް ޕާކިސްތާނު މީހެއް އޭނާގެ އަތުގައި ނުހިފާނެ ކަމަށާއި ސަލާންވެސް ނުކުރާނެ ކަމަށެވެ. ގުރެއިޝީ މިހެން ވިދާޅުވެފައިވަނީ މުލްޓަނުގައި ބޭއްވުނު އާންމު ބައްދަލުވުމެއްގައެވެ.

ޕާކިސްތާނާއި ނާސިގެޔަކާ ތިވަނީ އެއްވަރުކޮށްފަ. ހަމްދުﷲގެ އަންގައިން އެ ބަސްތައް ބޭރުވީއްސުރެ އަހަރެންގެ ލޭ ކެކިކެކިހުރީ.

ފޮރިން މިނިސްޓަރ ގުރެއިޝީ ވަނީ ހަމްދުﷲ ޕާކިސްތާނާއި މެދު ބަސްމަގު އަމާޒު ކުރިގޮތާއި މެދު ލަދުގަންނަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ޕާކިސްތާނާއި އަފްޢާނިސްތާން، ދެގައުމުގެ ދެމެދުގައި 2،600 ކިލޯމީޓަރުގެ ދިގު ބޯޑަރެއްގައި ދެގައުމުގެ އޮންނައިރު، އެމެރިކާގެ ލަޝްކަރުތައް އަފްޢާނިސްތާނުން ފައިބަމުން އަންނަ މި ނާޒުކު ދަނޑިވަޅުގައި މިފަދަ މައްސަލައެއް ފެންވަތިވުމަކީ ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މިކަމުގެ ސަބަބުން އަފްޢާނިސްތާނުގައި ދެވަނަ ހަނގުރާމެއް ފެށުމުގެ ބިރުވަނީ ބޮޑުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.