ބޭރު މަގުން ސައިކަލްތަކެއްގައި ބަޔަކު ދަނީ | ފޮޓޯ: މުހައްމަދު އަފްރާހު، ޖަޒީރާ

އުމުރު ހަމަވުމުގެ ސަބަބުން ރަޖިސްޓްރީ ނުކުރެވި ހުރި އުޅަނދުތައް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފިއެވެ.

އެގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ހާމަކޮށްފައިވާ ގޮތުގައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ އުމުރު ހަމަވުމުގެ ސަބަބުން ރަޖިސްޓަރީ ނުކުރެވިފައިވާ އުޅަނދުތައް ރަޖިސްޓަރީ ކޮށްދިނުމަށް އެ އޮތޯރިޓީގެ އީ-ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައެޅޭނެއެވެ.

އެގޮތުން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމަށް ހުއްދަ ދޫކޮށްފައިވާ އުޅަނދުތައް 22 ޖޫން 2021 ވަނަ ދުވަހުން ފެށިގެން 21 ސެޕްޓެމްބަރ 2021 ގެ ނިޔަލަށް ރަޖިސްޓަރީ ކޮށްދިނުމަށް އީ-ޕޯޓަލް ގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އެ އޮތޯރިޓީއިން ބުނެފައިވެއެވެ.

އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމަށް ހުޅުވާލި ނަމަވެސް މިވަގުތު މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ބަލައިގަންނާނީ ހަމައެކަނި އަތޮޅުތަކަށް ރަޖިސްޓަރީ ކުރުމަށް ހުށައަޅާ އެޕްލިކޭޝަންތަކާ ހުޅުމާލެއަށް ރަޖިސްޓަރީ ކުރުމަށް ހުށައަޅާ އެޕްލިކޭޝަންތަކެވެ. މާލެ ސަރަހައްދުގެ އެޕްލިކޭޝަންތައް މިވަގުތު ބަލައިނުގަނެވެނީ ގަރާޖްތަކުގެ ވެރިފިކޭޝަން ޕްރޮސެސް ކުރިއަށް ގެންދިއުމަށް މިވަގުތު އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުންކަމަށް އެ އޮތޯރިޓީއިން ބުނެއެވެ.

މޯލްޑިވްސް ޓްރާންސްޕޯތު އޮތޯރިޓީއިން ދާދިފަހުން ވަނީ ކޮންޓެކްޓްލެސްކޮށް ޚިދުމަތް ދިނުމުގެ ގޮތުން ރަޖިސްޓަރީ އާއި ލައިސަންސް ކާޑު ދޫކުރުމަށް ސެލްފް ކަލެކްޝަން ސްޓޭޝަނަކުން ޚިދުމަތް ދޭން ފަށާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.