ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓް -- ފޮޓޯ: އަވަސް

ޓެކްނިކަލް މައްސަލައެއް ދިމާވެ، ހިޔާ މަޝްރޫއުގެ ގުރުލުން މާދަމާއަށް ފަސްކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމިެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، މިއަދު ބޭއްވުމަށް ހަމަޖެއްސި ހިޔާ މަޝްރޫއުގެ ގުރުލުން ކެންސަލްކޮށްފައިވާ ކަމަށެވެ.

އެޗްޑީސީން އިތުރަށް ބުނެފައިވަނީ، ގުރުލުން މާދަމާ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި، ގުރުލުން ކުރިޔަށް ގެންދާނީ ލައިވްކޮށް ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލް މިއަދު ހާމަ ކުރާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ހިޔާ މަޝްރޫއުގެ ގުރުލުން ކުރިޔަށް ގެންދިޔުަމަށް ހަމަޖެހިފައިވާ ފްލެޓްތައް:

1. (10) ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ
2. ސިވިލް ސާރވިސް މުވައްޒަފުންނަށް ހާއްސަ
3. (H6) އެކަނިވެރި މައިންނާއި ބަފައިންނައް ހާއްސަ
4. (17) 18 އަހަރާއި 40 އަހަރާއި ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކައް ހާއްސަ
5. (H8) މާލޭ ރަށްވެހިންނައް ހާއްސަ
6. (9-H) މާލެ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކައް ހާއްސަ
7. މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ހާއްސަ

ހިޔާ މަޝްރޫއުގެ ގުރުލުން މެދުކަނޑާލީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މެދުކަނޑާލުމަށް އޮތުމަށްފަހު، އަލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާނީ، ކޮވިޑުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ވީހާވެސް މަދު އަދަކަށް މީހުން ހިމަނައިގެން ކަމަށް އެޗްޑީސީން ބުނެއެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.