މޭލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް އިންތިޚާބު ވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގައި ނަރީޝް ތަމްސީލް ކުރައްވަމުން ގެންދަވަނީ މާފަންނު މެދު ދާއިރާއެވެ.
މާލެ ސިޓީގެ ޑެޕިއުޓީ މެޔަރު ހޮވުމަށް ސިޓީ ކައުންސިލްގެ މެންބަރުންގެ މެދުގައި މިއަދު ނެގި ވޯޓުގައި ނަރީޝްއަށް ލިބިވަޑައިގެންފއިވަނީ 12 ވޯޓެެވެ.
ނަރީޝްއާ ވާދަ ކުރެއްވި މައްޗަންގޮޅި މެދުދާއިރާގެ އެމްޑީޕީގެ ކައުންސިލް މެންބަރު އަހުމަދު ޟަމީރު އަށް ލިބިވަޑައިގެންނެވީ 07 ވޯޓެވެ.
މާލެ ސިޓީގެ ކައުންސިލްގެ ގޮނޑިތައް ބެހިފައިވާގޮތަށް ބަލާއިރު، މާލެ ސިޓީން ޕީޕީއެމްއަށް 13 ގޮނޑި ލިބިފައިވެއެވެ. އަދި އެމްޑީޕީއަށް ލިބިފައި ވަނީ މާލެ ސިޓީގެ 6 ގޮނޑި އެވެ.