ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް އިދާރާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތީމުގެއަށް ބަދަލުވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ގޮވާލައްވައިފިއެވެ.

ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅު ދައުލަތުން ހަމަޖެއްސުމަށް ސަރުކާރުގެ ފަރާތުން ހުށައެޅި ބިލުތައް ދިރާސާކޮށް އެކުލަވާލި ކޮމިޓީ ރިޕޯޓު ހުށައެޅުއްވުމަށްފަހު ވާހަކަދައްކަވަމުން  ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ރައިސުލްޖުމްހޫރިއްޔާ ތީމުގެ އަށް ބަދަލުވެވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.

ތީމުގެއަކީ ރައިސުލްޖުމްޖޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެހެން ދައުލަތުން ހަރަދުކޮށްގެން ހަދާފައިވާ ތީމުގެ އަކީ ސަލާމަތީ ގޮތުން އެތައް ފިޔަވަޅެއް ހަރުދަނާ ގޮތެއްގައި އެޅިގެން ބިނާކުރެވިފައިވާ ތަނެއް ކަމަށެވެ. އަދި ތީމުގެ ބިނާ ކުރެވުނުއިރު ފާޑުކިއުން އަމާޒުވިނަމަވެސް އެތަން ބިނާކުރެއްވުމަށް ނިންމެވުމަކީ ކުރީގެ ރައިސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމްގެ އިސްތިރާޖީ ދުރު ވިސްނުންފުޅާއި އެކު ނިންމެވި ރަނގަޅު ނިންމެވުމެށް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ތީމުގެ އަށް ބަދަލުވުމަށް ކަމާގުޅޭ ފަރާތްތަކުން ކުރަން ޖެހޭ ކަންތައްތައް ކުރެއްވުމަކީ މުހިއްމު ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެހެންކަމުން ދިވެހި ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ތީމުގެ އަށް ބަދަލުވުމަށް ކަމާގުޅޭ ފަރާތްތަކުން ކުރަން ޖެހޭ ކަންތައްތައް ކުރެއްވުމަކީ މުހިއްމު ކަމެއްކަމުގައި އަޅުގަނޑު ދެކެން. އެހެންކަމުން، ރައިސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުންކޮށް ވިސްނެވުމަށް.

އަސްލަމްގެ މި ހުށައެޅުއްވުމަށް ގިނަ މެމްބަރުން ތާއީދު ކުރެއްވިއެވެ.

ތީމުގެއަކީ ރައިސުލްޖުމްހޫރިއްޔާ ދިރިއުޅުއްވުމަށްޓަކައި އިމާރާތްކުރި ތަނެކެވެ. ރައީސް މައުމޫންގެ ވެރިކަން ނިމުމުން ދެން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވީ މުލިޔާގޭގައެވެ. މިހާރު ތީމު ބޭނުންކުރަނީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ގޮތުގައެވެ.

ރައީސް ނަޝީދަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް ވަހީދު ދިރިއުޅުއްވީ ހިލާލީ ގޭގައެވެ. އަދި ރައީސް ޔާމީންވެސް މުލިއާގެ ދިރިއުޅުއްވަން ބޭނުމެއް ނުކުރައްވައެވެ. ނަމަވެސް ރަސްމީ ބައެއްކަން ކަމަށް މުލިއާގޭގައި ކުރެއްވިއެވެ. މިހާރުގެ މުލިއާގޭގައި ދިރިއުޅުއްވަނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.