ގދ. ތިނަދޫ ފަޅުތެރޭ އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ބަޔަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ތިނަދޫ ފަޅު ތެރޭގައި އޮތް ދޯނީގައި އަލިފާން ރޯވެފައި ވަނީ ރޭ ދަންވަރު 12:30 ހާއިރު ކަމަށާއި އެ ހާދިސާގައި ހަތަރު ދިވެހިންނަށް އަނިޔާވެފައިވާ ކަމަށެވެ. އެ މީހުންނަށް ތިނަދޫ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. 

"ރާސްތާ" ނަމަކަށް ކިޔާ މި ދޯނީގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ގޭސް ލީކުވުމާ ގުޅިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.