ރައީސް ސޯލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު -- ފޮޓޯ: ޓުވިޓަރ

ޅ. ހިންނަވަރު ނޫރާނީގެ އަލްމަރުހޫމް އަހުމަދު މުހައްމަދު ސާލިހަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަރުގަދަ އެކްޓިވިސްޓެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލުހުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، އަހުމަދު ރޭ އަވަހާރަވުމާއި ގުޅިގެން ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓްގައި ވަނީ އަހުމަދަކީ އެމަނުކުފާނުގެ ވަރަށް ގާތް ބޭފުޅެއް ކަމަށާއި، އޭނާ އަކީ  ބުއްދިވެރި، އޯގާތެރި އަދި މަޖާ މިޒާޖެއްގެ ބޭފުޅެއް ކަމަށެވެ.

އަހުމަދަކީ އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓެއްކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އަހުމަދު އަޑުނާއްސަވާ އެމްޑީޕީގެ ޖަލްސާއެއް ނުހުންނާނެއޭ ބުނުމަކުން ދޮގަކަށް ނުވާނެ ކަމަށެވެ.

"އަހުމަދުބެ އަޑުނާހާ އެމްޑީޕީ އެއްވެސް ޖަލްސާއެއް ނުވާނޭ ބުންޏަސް ދޮގަކަށް ނުވާނެ" ރައީސް ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ކޮއްކޯފުޅުގެ އިތުރުން އިތުރުން އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާރސަން އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ގެބޭބޭފުޅު އަވަހާރަ ވެފައިވަނީ ދުބާއީ ގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އަހުމަދުގެ ޖަނާޒާގައި ބައިވެރިވުމަށް ރައީސް ސާލިހާއި އާއިލާގެ ބޭފުޅުން މިއަދު ވަނީ ދުބާއީއަށް ފުރާވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.