އިނގިރޭސި ޕްރިމިއަރ ލީގުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ ދެވަނައަށް އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް ޖެހިލައިފިއެވެ. 

އަމިއްލަ ދަނޑުގައި ލެސްޓާއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ލިވަޕޫލްއިން ޖެހި ފުރަތަމަ ލަނޑަކީ 21 ވަނަ މިނެޓުގައި ލެސްޓާގެ ޖޮނީ އީވާންސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ ޓީމުގެ ދެވަނަ ލަނޑު 41 ވަނަ މިނެޓުގައި އެންޑްރޫ ރޮބާޓްސަން ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ޑިއޯގޯ ޖޯޓާއެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އެޓީމަށް ޖަހައިދިނީ ރޮބާޓޯ ފިރްމީނޯއެވެ. 

ޕްރިމިއަރ ލީގުގައި އާސެނަލް އަދި ލީޑްސް ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ވެސްޓް ހަމްއިން ވަނީ 1-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފައެވެ. އަދި އެވަޓަންއިން ވަނީ 3-2 އިން ފުލަމް ބަލިކޮށްފައެވެ.

މި މެޗުތަކާއެކު ތާވަލުގެ އެއްވަނައިގައި 20 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އޮތީ ޓޮޓެންހަމްއެވެ. ލަނޑުގެ ތަފާތުން ދެވަނަ ލިވަޕޫލްއަށް ލިބޭއިރު 18 ޕޮއިންޓާއެކު ތިންވަނަ ލިބެނީ ޗެލްސީއަށެވެ. އަދި ހަތަރުވަނައިގައި އޮތީ ލެސްޓާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.