ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހުގެ ޖަނާޒާއަށް އެމަނިކުފާނު މިއަދު ދުބާއީ އަށް ފުރާވަޑައިގެންފިއެވެ.

'ޖަޒީރާ' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހު ފުރާވަޑައިގެންފައިވަނީ އެމިރޭޓްގެ ފްލައިޓެއްގައިއެވެ.

ރައީސް ސޯލިހުގެ އިތުރުން ޖަނާޒާގައި ބައިވެރިވުމަށްޓަކައި އާއިލާގެ ބައެއް ބޭފުޅުން ވެސް މިއަދު ދުބާއީއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

އަހުމަދު އަވަހާރަ ވެފައިވަނީ ދުބާއީގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭގެ ވަގުތެއްގައެވެ. އުމުރުފުޅުން 55 އަހަރުގެ އަހުމަދު ސިއްޚީ ފަރުވާއަށް ދުބާއީއަށް ފުރާވަޑައިގެންފައިވަނީ މިދިޔަ އެޕްރީލް މަހުއެވެ. އަހްމަދު ފަސްދާނުވެޑުވުމަށް ހަމަޖެހިފައިވަނީ ވެސް ދުބާއީގައެވެ.

1
1
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.