އިދިކޮޅު ފަރާތްތަކުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރު ބަލިކަށިކޮށް ރޫޅާލުމުގެ ނިޔަތުގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ވަޑައިގެން ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މަޖިލީހުގެ 11 މެންބަރުން ސޮއިކޮށް އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ ބަހަނާއެއް ކަމަށެވެ. އަދި އެއީ ނެތް ރޮނގެއް ކުރަހައި، ނުވާ ކަމެއް ވުޖޫދުކޮށްގެން އަދި ސިޔާސީ މަސްރަހު ހަލަބޮލި ކުރުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި ސަރުކާރު ބަލިކަށިކޮށް ހަލަބޮލި ކަމުގެ ހިޔަނީގައި މި ސަރުކާރު ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހޯދި ކާމިޔާބު ފުރޮޅާލުމަށް ކޮށްފައިވާ ތުހުމަތެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

"އިތުބާރު ނެތް މައްސަލަ ގުޅެނީ މިދިޔަ އަހަރުތަކުގައި ސިޔާސީ މަސްރަހު ސާފުކޮށް ރައްތިތުން އެދޭ ފަދަ ވެރިކަމެއް ގާއިމް ކުރަން އަޅުގަނޑު އަދާކޮށްފައިވާ ދައުރާ މެދު،" އިމްރާން ވިދާާޅުވި އެވެ. "އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ސަރުކާރު ބަލިކަށިކޮށް، ސަރުކާރު ރޫޅާލަން ކަން އަޅުގަނޑަށް ވަރަށް ސާފު. އެހެން ނަމަވެސް ސިޔާސީ މަސްރަހު އަދި އެފަދަ ހާލަތަކަށް ތަން ނުދޭ،" 

އިމްރާން ވިދާޅުވީ އޭނާ ހުންނެވީ ދޫ ދެއްވާ ގޮތަަކަށް ނޫން ކަމަށެވެ. އަދި ރައިސުލްޖުމްހޫރިއްޔާ ދައްކަވާ މަަގުން މަޖިލީހުގެ އެހީއާއެކު މި ރާއްޖޭގެ ދާހިލީ ހަމަޖެހުން ގާއިމް ކުރުމުގެ ޒިންމާ ހަވާލުވެ ހުރި ވަޒީރުގެ ހައިސިއްޔަތުން ރައްޔިތުންގެ މާލިއްޔާތުގައި ހުއްޓާ ނެގި ބައިވަރު ފައިސާއާ ގުޅޭ މައްސަލަ ބައްލަވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިޔާސީ ގޮތުން މިގޮތައް ކުރާ ފިއްތުން ތަކުގެ ސަބަބުން ޖަލު ބަންދުގައި ހުންނަން ޖެހޭ މީހަކު ނެރެދިނުމުގެ މޭސްތިރިއަކަށް އެމަނިކުފާނު ނުވާނެ ކަމަށެވެ. 

"ﷲ ގެ ވާގިފުލާއެކު އަނިޔާވެރިކަމާއި ބޭއިންސާފާއި ފަސާދަ އަދި ކޮރަޕްޝަންގެ ވަކިތަކުގެ ދަށުން އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރާއި ގާނޫނު ހަދާ މަޖިލީހާއި ވެރިކަން ހިންގުމުގެ ބާރު ކުޑަ ކަކޫ މައްޗަށް ތިރި ކުރި ދުވަސް މާޒީވެ ދުވަސް ވެއްޖެ،" އިމްރާން ވިދާޅުވި އެވެ.  

އިމްރާން ވަނީ އޭނާ މަގާމުގައި ހުންނަވައިގެން ކުރެއްވި ބައެއް މަސައްކަތްތައް ފާހަގަ ކުރައްވާފަ އެވެ. އަދި ފުލުހުންގެ ތެރެއަށް ނާޖާއިޒް ސިޔާސީ ނުފޫޒު ނުފޯރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. އަދި ފުލުހުންގެ ބިލު ތަންފީޒު ވެގެންދާ ހިސާބުން ޒަމާނީ ޕޮލިސް ފޯސްއެއް އޮންނާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"ގާނޫނުއަސާސީގެ 132 ވަނަ މާއްދާގެ ދަށުން އަޅުގަނޑާ ހަވާލުކޮށްފައިވާ ޒިންމާތައް އަޅުގަނޑަށް އަދާ ކުރެވޭކަން މި ރާއްޖޭގެ ރައްޔިތުން ހެކިވާނެ،" އިމްރާން ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.