ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ

ރައްޔިތުންގެ މަޖިޅިޙުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ، އޭނާގެ ކުރީގެ އަންހެނުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ފެށުމަށް ތާވަލުކުރި އަޑުއެހުން މިއަދު ކެންސަލް ކޮށްފިއެވެ.

އީސަގެ އަޑުއެހުން މިއަދު 11:00 އަށް ކްރިމިނަލް ކޯޓުން ތާވަލުކުރިއިރު، އެ ކޯޓުން ބުނެފައިވާ ގޮތުގައި އަޑުއެހުން ކެންސަލްކުރީ މައްސަލަ ބައްލަވާ ގާޒީ ސިއްހީ ސަބަބަކާހުރެ ސަލާމްގައި ހުންނެވުމުންނެވެ.

އީސައާ ދެކޮޅަށް އޭނާގެ އަންހެނުން އަސްރާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އަނިޔާކޮށް، އޭނާގެ އަތުން ދަރިފުޅު ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް ވައްޓާލާނެ ކަމުގެ އިންޒާރު އީސަ ދީފައިވާ ކަމަށާއި، އަދި ތަކުރާރުކޮށް ގެވެށި އަނިޔާވެސް އީސަގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ.

އީސަގެ މައްޗަށް ދައުލަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުންނެވެ. އެއީ އަނިޔާއެއް ދިނުމުގެ ދައުވާ އެވެ.

މިއާއެކު، މި ދައުވާ ސާބިތުވެއްޖެ ނަމަ އީސައަށް ލިބޭނެ އެންމެ ބޮޑު އަދަބަކީ 2 މަހާއި، 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ގެވެށި އަނިޔާގެ މިމައްސަލަ އާއި ގުޅިގެން އީސަ ހައްޔަރު ކުރަން ޕީޖީ އޮފީހުން މީގެ ކުރިން ކޯޓު އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެ އަމަރު ނެރެދީފައެއް ނުވެއެވެ.

ނަމަވެސް އަސްރާ ފަހުން ވަނީ ދަރިފުޅުގެ ހައްގުގައި ކަމަށް ބުނެ އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އެދިފަ އެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އީސަގެ މައްޗަށް ތުހުމަތުކުރެވޭ، ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އެދުނު ނަމަވެސް، އެ މައްސަލައިގެ ތަހުގީގުކުރިއަށް ގެންދާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އީސަ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާފައެވެ. އެ މައްސަލައާ ގުޅިގެން އީސަ ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުގެ މުގައްރިރުކަމުންވެސް އެކަހެރިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.