މާލެ ސިޓީ ކައުންސިލަރުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ބޭއްވުން

ކައުންސިލް ތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ) އިން ހުޅުވާލައިފިއެވެ.

ސީއެސްސީން ބުނީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ސިޓީ ކައުންސިލްގެ އިދާރާތަކަށާއި، އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގެ ގޮތުން، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލާފައިވާ ކަމަށެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން އާންމުކޮށްފައިވާ ގޮތުން، ރަށު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، މަގާމުގެ ޝަރުތު ހަމަވާނެއެވެ.

ސިޓީ ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 8 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 6 އަހަރުދުވަހުގެ ތަޖުރިބާއާއެކު ޝަރުތު ހަމަވާނެއެވެ.

ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 20,500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާއާއެކު އެކުޖުމުލަ 35,500 ރުފިޔާ ލިބޭއިރު، އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 12,130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8,870 ރުފިޔާއާއެކު އެކުޖުމުލަ 21,000 ރުފިޔާ ލިބެއެވެ. އަދި ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 9,300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6,800 ރުފިޔާއާއެކު އެކުޖުމުލަ 16,100 ރުފިޔާ ލިބެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ  މަޤާމަށް ކުރިމަތިލާ ފަރާތުގެ ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި، މަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކާއި،  މަޤާމަށް މީހަކު އައްޔަންކުރުމުގައި އަމަލުކުރަންޖެހޭ އުޞޫލުތަކާއި މިންގަނޑުތައް ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/dv/ ލިބެން ހުންނާނ ކަމަށް ސީއެސްސީން ބުނެއެވެ.

ސީއެސްސީން ބުނީ، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 28 ޖޫން 2021 ވާ ހޯމަ ދުވަހުގެ 23:59 ގެ ކުރިން މަޤާގާމަށް އެދުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

މި މަޤާމަށް ކުރިމަތިލުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ކޮމިޝަނުގެ މޯބައިލް ނަންބަރު 7207307 އަށް ގުޅުމުން ނުވަތަ މެސެޖްކުރުމުން މަޢުލޫމާތު ސާފުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، ކޮމިޝަނުގެ އީމެއިލް [email protected] އަށް އީމެއިލްކުރެއްވުމުން ވެސް މަޢުލޫމާތު ސާފުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ވެސް ސީއެސްސީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.