މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމް މަނީ ލޯންޑަރ ކުރި ކަމުގެ ތުހުމަތާއި ގުޅިގެން ކުރި ސަސްޕެންޝަން އުވާލައިފިއެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަ އޭސީސީއިން އެންމެ ފުރަތަމަ ބަލަންފެށީ މި ސަރުކާރުގެ "ޒީރޯ ޓޮލަރެންސް ޓު ދަ ކޮރަޕްޝަން" ސިޔާސަތުގެ ދަށުން އެކުލަވާލައިފައިވާ ޕޯޓަލްއަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެންނެވެ. އެ ޕޯޓަލްއަށް ހުށަހެޅުނު ރިޝްވަތާއި ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީގުކޮށްދިނުމަށް ރައީސް އޮފީހުން އޭސީސީގައި އެދިގެން، އެ މައްސަލަ އޭސީސީއިން ތަހުގީގުކޮށްފައިވެއެވެ. މި މައްސަލައާއި ގުޅިގެން 2019 އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޝަޒައިލް ހުރީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފައެވެ.

އެހެން ނަމަވެސް ޝަޒައިލް ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށް އޭސީސީގެ ތަހުގީގުން ނިންމާފައިވާކަން އެ އިދާރާއިން މޯލްޑިވް ގޭހަށް ވަނީ އަންގާފައެވެ. އަދި އެގޮތަށް އެންގުމާއި ގުޅިގެން މި މަހުގެ 20 ދުވަހުން ފެށިގެން އޭނާގެ ސަސްޕެންޝަން އުވާލައި އަލުން އަނބުރާ ވަޒީފާ ވަނީ ރުޖޫއަކޮށްފައެވެ.

ޝަޒައިލް އަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީއާއި ޓުއުރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މޯލްޑިވް ގޭސްގެ އެމްޑީގެ މަގާމުގައި ހުރީ އެމްއާރްއެމްގެ ސްލޮޓެއްގައެވެ.

1
2
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.