އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދަނީ ބިލް ދިރާސާ ކުރަމުންނެވެ. މި ބިލަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ ޖޫން 27 ވާ އާދިއްތަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށެވެ.

ހިިޔާލު ހުށަހަޅަން ޖެހެނީ މަޖިލީހުގެ ކޮމިޓީއަށް އީމެއިލް މެދުވެރިކޮށެވެ. ހަމައެއާއެކު މަޖިލީހުގެ އިދާރާއަށް ލިޔުމުން ވެސް ހިޔާލު ހުށަހެޅިދާނެއެވެ.

ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލެކެވެ. މި ބިލު ސްޕޮންސަރ ކޮށްފައި ވަނީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވައްތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކުރުމެވެ. އަދި އެކަން ކުރުމުގެ ފުރުސަތު، ތަފާތު މަރުހަލާތަކަކަށް ބަލާލައިގެން ދިނުމަށް ވެސް މި ބިލުން ބާރު ދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.