ސްރީލަންކާގެ ކޮލޮމްބޯގެ އައްސޭރިން ބޭރުން ފެތުމުގެ ސަބަބުން ދުނިޔެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސްރީލަންކާގައި ހުންނަ އދ. ގެ ސަފީރު ސިނގަރ ހަމްދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ތިމާވެއްޓަށް ނުރައްކާތެރި އެތައް މާއްދާތަކެއް ކަނޑަށް ލީކުވުމުގެ ސަބަބުން އީކޯސިސްޓަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވިދާޅުވަމުންނެވެ.

މިފަދަ ހާދިސާއަކީ އެޣެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ތިމާވެއްޓަށް ލިބޭ ތިމާވެށީގެ ބޮޑު ކާރިސާއެއް. މީގެ ސަބަބުން އެތައް އާއިލާތަކެއްގެ ދިރިއުޅުމަށް ކުރާ މަސައްކަތަށް އަސަރުކުރޭ.

އދ. އިން ބުނެފައިވާގޮތުގައި މި ހާދިސާގެ ސަބަބުން ލިބިފައިވާ ގެއްލުން ދެނެގަތުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ބުނެފައިވާއިރު، މި ކުރިޔަށް އޮތް މުސްތަގުބަލުގައި މިފަދަ ކާރިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތައް އެޅުމުގައި މަސައްކަތް ކުރާނެ ކަމަށެވެ.

އދ. ގެ ފަރާތުން ޔޫރަޕިއަން ޔޫނިއަންގެ (އީޔޫ) ގެ އޮއިލް ސްޕިލް އެންޑް ކެމިކަލް އެކްސްޕާޓުންގެ ޓީމެއް ވަނީ ސްރީލަންކާއަށް މިހާދިސާ އިތުރަށް ދިރާސާކޮށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް ހަރަކާތްތެރިވުމަށް ފޮނުވާފައެވެ.

އެމްވީ އެކސްޕްރެސް ޕާލް ގައި 1486 ކޮންޓެއިނަރު ހުރިއިރު 25 ޓަނުގެ ނައިޓްރިކް އެސިޑާއި ސޯޑިއަމް ހައިޑްރޮއޮކްސައިޑް އަދި މިނޫންވެސް އެކި ޒާތުގެ ކެމިކަލް ހުއްޓެވެ. މި ހާދިސާ ހިނގާފައިވަނީ ބޯޓުގައި ހުރި ކޮންޓެއިނަރަކުން ނައިޓްރިކް އެސިޑް ލީކްވުމުގެ ސަބަބުން ކަމަށާއި ބޯޓުގައި އެ ލީކް ހުއްޓުވޭނެ ގޮތެއް ނެތުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސިންގަޕޫރަށް ރަޖިސްޓްރީކޮށްފައިވާ އެކްސް-ޕްރެސް ފީޑާސް އަށްވަނީ 40 މިލިޔަން ޑޮލަރު ބަދަލުގެ ގޮތުގައި ދޭންޖެހޭކަމަށް ހުށައަޅާފައެވެ. މިހާދިސާއަކީ ސްރީލަންކާގެ ތާރީހުގައިވެސް ހިންގާފައިވާ ތިމާވެއްޓަށް އެންމެ ބޮޑެތި ގެއްލުންތަކެއް ލިބުނު އެއްހާދިސާއެވެ. މިކަމާ ގުޅިގެން ގިނައަދަދެއްގެ ތިމާވެށިގެ ދިފާއުގައި ވަކާލާތު ކުރާ މީހުންނާއި ޖަމިއްޔާތަކަުން އަންނަނީ ސްރީލަންކާގެ ސަރުކާރާއި އެކްސް-ޕްރެސް ފްރީޑޮމްގެ އިހުމާލުން ހިންގި ހާދިސާއެއް ކަމަށް ބުނެ ކޯޓުގައި ދައުވާކުރުމަށް ގޮވަމުންނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.