ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ދެމުންދާ ވެކްސިންގެ ފުރަތަމަ ޑޯޒް އިއްޔެ 244 މީހަަކު ފުރިހަމަކޮށްފިއެވެ.
ވެކްސިނަކީ ކޮވިޑާއި ދެކޮޅަށް އޮތް އެންމެ ވަރުގަދަ ހަތިޔާރެވެ. އަދި ކޮވިޑުން އަރައިގަނެވެން އޮތީ އާބާދީގެ ބޮޑު އިންސައްތައެއް ވެކްސިން ޖެހުމުންނެވެ. ނަމަވެސް އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން ވެކްސިން ޖެހުމަށް ރާއްޖޭގައި އޮތް ތަރުހީބު ވަނީ ކުޑަވެފަ އެވެ. ވަކިން ހާއްސަކޮށް ފުރަތަމަ ޑޯޒް ޖަހާ އަދަދު ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފަ އެވެ.
ރާއްޖޭގައި ފަހަކަށް އައިސް ވެކްސިން ޖެހުމަށް އޮތް ތަރުހީބު ކުޑަވެ، ފާއިތުވި 24 ގަޑިއިރުތެރޭ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 244 މީހެކެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 60 މީހަކާއި، އަތޮޅުތެރެއިން ޖެހި 184 މީހެކެވެ.
*️⃣ COVID-19 : Vaccination Updates
19.06.2021
Number of people who have received the first dose -
Greater Malé Area: 60
Atolls: 184Number of people who have received the second dose -
Greater Malé Area: 303
Atolls: 382 pic.twitter.com/ewq1LNoLYF— Health Protection Agency (@HPA_MV) June 20, 2021
ވެކްސިންގެ ދެވަނަ ޑޯޒް އިއްޔަ ޖެހިފައިވަނީ ޖުމްލަ 685 މީހަކަށެވެ.
އެޗްޕީއޭއިން ބުނެފައިވާގޮތުގައި ގްރޭޓާ މާލެ ސަރަހައްދުން 303 މީހަކަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާއިރު، އަތަޅުތެރެއިން ޖަހާފައިވަނީ 382 މީހަކަށެވެ. މިހާތަނަށް ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖެހިަފއިވަނީ 182,715 މީހަކަށެވެ.
ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ހަލުވި ދުވެއްޔެއްގައި ކޮވިޑް ފެތުރެމުން އަންނައިރު ވެކްސިން ޖެހުމަށް އާންމުނެގެ ތެރޭގައި އޮތް ތަރުހީބު ކުޑަވުމަކީ ކަންބޮޑުވުމެކެވެ.
އެޗްޕީއޭއިން އާންމުކޮށްފާވާ ތަފާސްހިސާބުތަކުން ސައިނޯފާމްގެ ދެވަނަ ޑޯޒް ޖެހުމަށް މުއްދަތު ހަމަވެ ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހު ދެވަނަ ޑޯޒް ނުޖަހާ %70 އިންސައްތަ މީހުން އެބަތިއްބެވެ. އަދި އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން %39 މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައެއްނުވެއެވެ.