ހިޔާ ފްލެޓްގެ އިމާރާތްތަކެއް

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިންމަން 9 މަސް ދުވަސް ދޭން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އެދިއްޖެއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ރައްޔިތުން އަމިއްލައަށް ހަރަދު ކުރަން ޖެހުމުގެ ސަބަބުން، ދީފައިވާ 3 މަސް ދުވަހުގެ ތެރޭގައި ނިންމޭނީ މަދު ބަޔަކަށް ކަމަށެވެ. އެހެންކަމުން ފިނިޝިންގެ މަސައްކަތަށް މަދުވެގެން 9 މަސް ދުވަސް ދިނުމަށް ވަރަށް ގިނަ ރައްޔިތުން އެދެމުންދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފިނިޝިންގެ މަސައްކަތް ނިންމަން 9 މަސް ދުވަސް ދިނުމަށް ރައްޔިތުން އެދެމުން ދާތީ، އެކަން ކޮށްދިނުމަށް މިއަދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ރައީސް އޮފީހުގައި އެދިފައިވާނެ ކަމަށެވެ.

ހިޔާ ފްލެޓްތަކުގް ފިނިޝިންގެ މަސައްކަތަށް 9 މަސް ދޭން މުއިއްޒު އެދިފައި ވާއިރު، އޭނާ ވަނީ އެ ފްލެޓްތަކުގެ އަގު ކުޑަކޮށް ދިނުމަށް ވެސް އެދިފައެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުން އެގްރީމަންޓުގައި ސޮއި ކުރުމަށް ހަމަޖެހިފައި ވަނީ، އަންނަ ޖުލައި މަހު މެދުތެރެއިން ފެށިގެންނެވެ. ސޮއިކޮށް، ފްލެޓް ހަވާލު ކުރާތާ 3 މަސް ތެރޭގައި އެތަނުގެ ފިނިޝިންގެ މަސައްކަތް ނިންމުމަށް އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ސަރުކާރުން ވަނީ ނިންމަފައެވެ.

ހިޔާ ފްލެޓްތަކުގެ އަގު އޮތް ގޮތުން ނަމަ، ޑައުންޕޭމަންޓަކާއި ނުލާ، މަހަކަށް ދައްކަން ޖެހެނީ 8500 ރުފިޔާއެވެ. އެއީ ކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓެނެންސް ފީގެ ގޮތުގައި 1000 ރުފިޔާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.